ކުޅިވަރު

ވިލިމާލޭ އިޖުތިމާޢީ މަރުކަޒު މަރާމާތަށްފަހު އަލުން ހުޅުވައިފި


ވިލިމާލޭ އިޖުތިމާޢީ މަރުކަޒު މަރާމާތަށްފަހު އަލުން ހުޅުވައިފިއެވެ.
އިންޑޯ ގިނަ ކުޅިވަރުތަކެއް ކުޅުމުގެ ވަސީލަތްތަކާއިއެކު އިޖުތިމާޢީ މަރުކަޒު މަރާމާތަށްފަހު ހުޅުވިރު، ޖިމެއްގެ އިތުރުން ކަސްރަތު ކްލާސްތަށް ހިންގުމަށް ޚާއްސަ ތަނެއްވެސް ވަނީ ހަދާފައިއެވެ. އިޖުތިމާއީ މަރުކަޒު ހުޅުވުމަށްޓަކައި ރޭ ބޭއްވި ޚާއްސަ ތަރާވީޙް ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އަޙުމަދު މަޚުލޫފް ވިދާޅުވީ، ވަޒީރުކަމާއި ހަވާލުވި ހިސާބުންވެސް ވިލިމާލޭ އިޖުތިމާޢީ މަރުކަޒާއި ގުޅޭ ވަރަށް ގިނަ ޝަކުވާ ލިބުނު ކަމަށާއި، އޭރު މަރުކަޒުގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށެވެ. ނަމަވެސް މިހާރު މަރުކަޒު ފެނިގެންދަނީ ހުރިހާ އުމުރެއްގެ މީހުނަށްވެސް އުޅެވޭފަދަ ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށެވެ.
މިނިސްޓާ ވަނީ އިޖްތިމާޢީ މަރުކަޒުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސް ކުރަށްވާފައިއެވެ.
މިނިސްޓާ ވިދާޅުވީ، މަރާމާތަށްފަހު އަލުން މަރުކަޒު ހުޅުވުމާއިއެކު ވިލިމާލޭގެ ހުރިހާ ރައްޔިތުންވެސް މަރުކަޒުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އިޖްތިމާޢީ އެއްބައިވަންތަކަން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

މިނިސްޓާ ވިދާޅުވީ، ޒުވާނުންގެ މަރުކަޒުތަކުގެ ނަން އިޖުތިމާޢީ މަރުކަޒުގެ ނަމަށް ބަދަލުގެނައީ، މިއީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ގުޅޭ ތަނެއްގެ ގޮތުގައި ހަދަން ކަމަށާއި، މުޖުތަމަޢު އެއްބައިވަންތަ ކޮށް ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި ވަކި އުމުރެއް ނުގެންގުޅުއްވާނެ ކަމަށެވެ.