ވިޔަފާރި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އަންނަމަހު 15ވަނަ ދުވަހު


އެމްޓީސީސީގެ އަހަރީ ޢާއްމު ޖަލްސާ އަންނަމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ހުސްވި އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮޓެލް ޖެންގައެވެ.

އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ އަންނަމަހުގެ ތިންވަނަދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާ ޙިއްޞާދާރުން އެކުންފުނީގެ "އަހަރީ އާއްމު ޖަލްސާ 2018އަށް ރަޖިސްޓަރކުރުމަށް އެދޭ ފޯމް" މެދުވެރިކޮށް އަންނަމަހުގެ 13 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ވާންޖެހެއެވެ. އަދި ޖަލްސާއަށް ރަޖިސްޓަރީވާ ފަރާތްތަކަށް ރަޖިސްޓަރކޮށްފައިވާކަމުގެ ސްލިޕެއް ހަވާލުކުރެވޭނެ ކަމަށާއި ޖަލްސާއަށް ވަޑައިގަންނަވާއިރު، މިސްލިޕް ގެންނަން ޖެހޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އަހަރީ އާއްމު ޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމާނެއެވެ.

މިދިޔައަހަރު އެމްޓީސީސީއަށް ލިބިފައިވާ ފައިދާވަނީ ދަށްވެފައެވެ. މިއަހަރުގެ މާލީ ހާލަަތަށް ރިއާޔަތްކޮށް ނިމިދިޔަ އަހަރުގެ ޙިއްޞާ ފައިދާ ނުބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމާފައެވެ. އަހަރީ އާއްމު ޖަލްސާއަށް މިކަން ހުޅަހެޅުން އޮންނާނެއެވެ.

އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ޑިރެކްޓަރުންގެ 2 މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، އިވެލުއޭޓްކުރުމަށްފަހު، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަށް ވޯޓަށް އެހުންވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެއެވެ.