ސިޔާސީ

އިދިކޮޅު ފަރާތްތަކަށް ސަރުކާރަކަށް ގޮންޖަހައެއް ނުލެވޭނެ - އަދީބް


އިދިކޮޅު އެމްއެމްޑީޕީ އާއި އަދާލަތުން ގުޅިގެން، މޭ އެއްވަނަ ދުވަހު ބާއްވަން ރާވަމުންދާ
މުޒާހަރާއަކީ ސަރުކާރަށް މާކަބޮޑު ނުތަނަވަނަވަސް ކަމެއް ގެނުވާނެކަމަކަށް ނުވާނެކަމަށް
ޕީޕީއެމް ގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު
ވިދާޅުވެއްޖެއެވެ.



ނައިފަރު
ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރ
ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ހަރަކާތްކަތަކީ ވަކި މިސްރާބެއް ނެތި
ހިންގަމުންދާ ހަރަކާތްކެއް ކަމަށާއި، އެފަދަ ހަރަކާތްތަކަކުން ސަރުކާރަށް ކުރާނެ އެއްވެސް
އަސަރެއް ނޯންނާނެކަމަށެވެ. އަދީބު ވިދާޅުވީ ސަރުކާރަށް އިންޒާރު ދެމުން މާލެ
ތެރޭގައި ހިންގާ ހަރަކާތްތަކަށް ނުކުންނަމުން ދަނީ ނިސްބަތުން ވަރަށް މަދު ބައެއް
ކަމަށާއި، މިކަމުންވެސް ރައްޔިތުންގެ ތާއީދެއް މި ހަރަކާތަށް ނެތް ކަން އެނގޭކަމަށެވެ.



" އަޅުގަނޑު އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން
ބޭނުންވަނީ، ޖުލައި 26 ހަކަށް، ކީއްކުރަންތޯއޭ ނޮވެމްބަރު 11 އަކަށް އަދި ކުރިން
ދިޔަ ފެބްރުއަރީ 27 ހަކަށް، ތާރީޚަކަށް ފަހު ތާރީޙެއް ދާނެއޭ.
ތިޔަ ބޭފުޅުންނަށްވާނެ ކަމެއް ނޯންނާނެއޭ. އަޅުގަނޑުމެން ދާނީ ފުޓުސަލް ދަނޑާ، ބަނދަރު
ހަދަމުންނޭ. އެއާޕޯޓް ވެސް ހަދަމުންނޭ. ހުޅުމާލެ ބްރިޖް ވެސްއަޅަމުންނޭ.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަރައްގީ ގެނެސްދޭނަމޭ..."



އިދިކޮޅު
އެމްޑީޕީ އާއި އަދާލަތުން ބުނަމުން ދަނީ މޭ އެއްވަނަ ދުވަހު ބާއްވާ މުޒާހަރާއިން
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރަން ރައީސުލް ޖުމްހޫރިއްޔާ އަށް މަޖުބާރު ވާނެ
ކަމަށެވެ. އެހެން ނަމަވެސް މިއީ، ސަރުކަރު ވައްޓާލަން ބާއްވާ ހަރަކާތެއް ނޫން ކަމަށް
ބުނަމުންދެއެވެ. މޭ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ކުރަން ރައީސް
ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުންދާއިރު،
ރައީސް ވިދާޅުވީ ވަކި ދުވަހެއް ކަނޑައަޅައިގެން ރައީސް ވަޑައިގަންނަވަން ޖެހޭނެ
ކަމަށް ބުނެ ދައްކާ ވާހަކައަކީ އެ މަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭނެ ވާހަކައެއް
ނޫން ކަމަށެވެ.



ރޭގެ ރަސްމިއްޔާތުގައި އިކޮނޮމިކް
ކައުންސިލްގެ ކޯޗެއަރކަންވެސް ކުރައްވާ މިނިސްޓަރ އަދީބް ވިދާޅުވީ އިދިކޮޅު
ފަރާތްތަކުން ދަނީ " އެހެން ތާރީހުތައް އިޢުލާން ކުރަމުން " ކަމަށާއި،
ސަރުކާރުން ދާނީ ތަރައްގީގެ މަޝްރޫއު ތައް ހިންގަމުން ކުރިއަށެވެ.



" އަޅުގަނޑުމެން ކުޑައިރު ޚިތާނު ކޮށްގެން އުޅޭ
ގޭގެއަށް (ނަށަން) ދާ ގުރޫޕްތަކެއްއުޅޭނެ. ނޯންނާނެ ވަކި ގެއެއް. އެފަދަބީދައިން އަޅުގަނޑުމެންނަށް މި ފެންނަނީ މަގުމަތީގައި
ބަޔަކުހަޅޭއްލަވަމުން، އަނިޔާއޭ، އޭއްޗެއްކޭ މީއްޗެކޭ ކިޔަމުންދާ ތަން " އަދީބު ފާހަގަކުރެއްވިއެވެ. 



ޅ. އަތޮޅުގައި
ކުރިއަށްގެންދިއުމަށް ނިންމާފައިހުރި ތަރައްޤީގެ މުހިންމުޕްރޮޖެކްޓްތަކާ ގުޅޭގޮތުން
ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޅ. އަތޮޅުގައި ޓްއަރިޒަމް އިތުރަށް ފުޅާކުރުމަށް
އިތުރު ރިޒޯޓްތައް ތަރައްޤީ ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. މީގެ
އިތުރުން ނައިފަރުގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށް އައި.ޑީ.ބީގެ ލޯނު
ހަމަޖެހިފައިވާކަމާއި، އަންނަ ހަފްތާ ތެރޭގައި މިމަސައްކަތަށް ޑިޒައިން
ކޮންސަލްޓެންޓެއް ހޯދުމަށް އިޢުލާނު ކުރައްވާނެކަމަށެވެ. އަދި ނައިފަރުގައި ފެނުގެ
ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތްވެސް ވަރަށްއަވަހަށް ފެށިގެންދާނެކަމަށް
މިނިސްޓަރ އަދީބު ވިދާޅުވިއެވެ.