ސިޔާސީ

ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ފާރިޝް ކާމިޔާބު ކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ކެނޑިޑޭޓަކު ނެރުމަށް ޕީޕީއެމުން މިއަދު ބޭއްވި ޕްރައިމަރީ ފާރިޝް މައުމޫން ކާމިޔާބުކޮށްފިއެވެ.ދެ ކެނޑިޑޭޓަކު ވާދަކުރި މި ޕްރައިމަރީ ފާރިޝް ކާމިޔާބު ކުރީ 148 ވޯޓުގެ ތަފާތަކުންނެވެ. ފާރިޝް ވަނީ 288 ވޯޓް ހޯދާފައެވެ.އޭނާ އާއި ވާދަކުރި މ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މޫސާ ނަސީރުއަށް ލިބިފައިވަނީ ސަތޭކަ ސާޅީސް އަށް ވޯޓެވެ.ސަރުކާރު ހިންގާ ކޯލިޝަންގެ ޓިކެޓް ފާރިޝް ހޯއްދަވާފައިވާއިރު، އިދިކޮޅު އެމްޑީޕީން ވަނީ މި އިންތިޚާބްގައި ބައިވެރިވާކަން އިޢުލާން ކޮށްފައެވެ. އަދި ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ހޯމަ ދުވަހު ބޭއްވުމަށް އެމްޑީޕީ އިން ނިންމާފައިވާއިރު، ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމަދު ނާޒިމްގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެ ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އައުމާ ގުޅިގެންނެވެ.