ވިޔަފާރި

ކޫއްޑޫ މަސްވެރިންގެ މެރީނާ 5 މަސްދުވަހުގެ ތެރޭ ހުޅުވޭނެ


ހުވަދު އަތޮޅުގައި
މަސްވެރިކަމުގެ ދާއިރާއިން ސިނާއީ މަސައްކަތް ހިންގަމުންދާ ކޫއްޑޫގައި
ތަރައްގީކުރާ މަސްވެރިންގެ މެރީނާ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭ
ހުޅިވިގެންދާނެ ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދްލީ އިސްމާއީލް
ވިދާޅުވެއްޖެއެވެ.



އަދްލީ ވިދާޅުވީ
ކޫއްޑޫ މަސްވެރިންގެ މެރީނާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ނަމަވެސް
މިދުވަސްކޮޅު މަސްވެރިކަން ދަށްވެފައިވުމުން އެތަނުގެ މަސައްކަތް ކުރިއަށްދާ
ދުވެލި ލަސްވެފައިވާ ކަމަށެވެ.



ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއިން
އިސްނަގައިގެން އިމާރާތްކުރާ މި މެރީނާ ނިމޭއިރު އެސަރަހައްދުގައި ރަނގަޅު ފެންވަރެއްގެ
އާ ފާލަމަކައި، މަސްވެރިންނަށް ޚާއްސަކޮށްގެން ގިނަ ޚިދުމަތްތަކެއް ފޯރުވައި ދިނުމަށް
ހަމަޖެހިފައިވެއެވެ. ދާދިފަހުން މިފްކޯއިން ވަނީ ފެލިވަރުގައިވެސް މަސްވެރި ކަމުގެ
މެރީނާއެއް ހުޅުވާފައެވެ.