ޙައްޖަށް މިއަހަރު މީހުން
ގެންދިއުމަށް ހުއްދަދީފައިވާ ތިން ކުންފުންޏަށް ދޫކޮށްފައިވާ ކޯޓާގެ އިތުރަށް
އެއްވެސް ކުންފުޏަކަށް ކޯޓާ ދޫކުރުމަށް ހަމަޖެހިފައިނުވާ ކަމަށް އިސްލާމިކް
އެފެއަރޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މި އަހަރު ޙައްޖަށް
ގެންދިއުމަށް ހުއްދަ ދީފައިވަނީ ޒަޢި ގުރޫޕް ޕްރައިވެޓް ލިމިޓެޑާއި، ސިސިލްފަރު ހައްޖު
އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މިނާ ޙައްޖު އެންޑް އުމްރާ
ޕްރައިވެޓް ލިމިޓެޑަށެވެ. މި ތިން ކުންފުންޏަސްވެސް ދީފައިވަނީ ސަތޭކަ ތިރީސް ހަތަރު ކޯޓާ.
އިސްލަމިކް އެފެއަރޒް މިނިސްޓްރީން ވިދާޅުވީ މިހާތަނަށް އައި އިރު ކޯޓާ
ހުސްވެފައިވާކަން އަންގާފައިވަނީ މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑުން
ކަމަށެވެ. އަދި ހައްޖަށް މީހުން ދިއުމަށް ކުންފުނިތަކަށް ފައިސާ ދެއްކުމުގެ ކުރިން
ކޯޓާ ހުސްވެފައިވޭތޯ ކަށަވަރު ކުރުމަށާއި އެކަން ކަށަވަރުނުކޮށް އެއްވެސް
ކުންފުންޏަކަށް ފައިސާ ނުދެއްކުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.
ނަގުދު ފައިސާއިން
އެއްވެސް ކުންފުންޏަކަށް ހައްޖަށް ދިއުމުގެ އަގު ދެއްކުމަކީ ޙައްޖަށް މީހުން
ގެންދިއުމުގެ އުސޫލްގައި މަނާކޮށްފައިވާ ކަމެކެވެ. އެހެންކަމުން ބޭންކް
މެދުވެރިކޮށް ފައިސާ ދެއްކުމަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.
މިއަހަރު ރާއްޖޭން މީހުން ޙައްޖަށް ގެންދާ އަގެއްގެ
ގޮތުގައި ބޮލަކަށް ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ވަނީ
ހަމަޖައްސާފައެވެ.