ވިޔަފާރި

ޖަޕާނުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެގުނަ އިތުރުވެއްޖެ


މިދިޔަމަހު ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެގުނަ އިތުރުވެއްޖެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި މަހު ޖަޕާނުން ރާއްޖެއަށް ހަ ހާސް ތިންސަތޭކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ޖަޕާނަކީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ދެކުނު އިތުރުމަތީ އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.

އެގޮތުން މިއަަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި ރާއްޖެއަށް ޖަޕާނުން ހަ ހާސް ތިންސަތޭކަ އަށްޑިހަ ނުވަޔަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ހުސްވި އަހަރުގެ އޭޕްރިލްމަހު ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރި ތިންހާސް ހަސަތޭކަ ނުވަދިހަ އަށް ފަތުރުވެރިނަށްވުރެ، 72.8 އިންސައްތަ އިތުރު އަދަދެކެވެ.

ޖަޕާނަކީ ނުވަ ވަނަ އަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.