ޚަބަރު

ދޯންޏެއް ހުއްޓުވިއިރު މުޅިންވެސް ޤަވާއިދާއި ޚިލާފު ކަންކަން


އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ތަމްރީންގެ ތެރެއިން ދޯންޏެއް ހުއްޓުވާ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ދޯންޏަކީ ގިނަ ޢަދަދެއްގެ ތެޔޮ ބަރުކޮށްގެން އައްޑޫސިޓީ ފޭދޫއިން ފުރައިގެން ދަތުރުކުރަމުންދިޔަ އުޅަނދެއްކަމަށެވެ.

އެއްވެސް ދިވެއްސަކު ނެތް އެދޯނީގައި ތިބީ ދެ ބިދޭސީންކަމަށާއި، އެ ބިދޭސީންނަށްވެސް ދޯނީގެ ނަން ނޭނގޭކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ކަނޑު ދަތުރުފަތުރާއި ގުޅޭ އެއްވެސް ސެޓިފިކެޓެއްވެސް ދޯނީގައި ނެތްކަމަށާއި، އެއްވެސް ބިދޭސީއެއްގެ ވޯކް ޕާމިޓްވެސް ނެތްކަމަށްވެސް އެމްއެންޑީއެފް ބުނެއެވެ. އަދި ދޯނީގެ ކައްޕި ހުރީ ހުޅުމީދޫގައިކަމަށް ބިދޭސީން މަޢުލޫމާތުދިންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނީގައި ބަރުކޮށްފައިހުރީ ހުޅުމީދޫ ފެނަކައަށް ގެންދާ 6000 ލީޓަރުގެ ޑީސެލާއި، ފިހާރައަކަށް ގެންދާ އައިސްކުރި ކުކުޅުކަމަށާއި އެ
މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙްޤީޤްކުރަމުންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.