ކުޅިވަރު

ޔޫރޮޕާ ލީގުގެ ފައިނަލްގައި ހެންރިކް މިކިތާރިއަން ނުކުޅޭނެ


ހެންރިކް މިކިތާރިއަން ޔޫރޮޕާ ލީގުގެ ފައިނަލްގައި ޗެލްސީއާއި ދެކޮޅަށް ނުކުޅޭނެކަން އާސެނަލުން ޔަގީންކޮށްދީފިއެވެ.

އާސެނަލްގެ ކޯޗު އުނާއި އެމްރީ ބުނީ ފައިނަލް މެޗުގައި މިކިތާރްޔާން ނުކުޅެން ނިންމީ ސިޔާސީ ސަބަބުތަކަށްޓަކައިކަމަށާއި، މިއީ ކުޅުންތެރިޔާގެ އަމިއްލަ ނިންމުމެއްކަމަށެވެ. އާރްމީނިއާ އަދި އަޒަރުބައިޖާނަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތުމަށްފަހު ނުވަދިހައިގެ ފަހުކޮޅު މިނިވަންވި ދެ ގައުމެވެ. އެހެންނަމަވެސް އަވައްޓެރި ދެ ގައުމުގެ ސަރަހައްދީ އިން ކާއިރީގައި އޮންނަ ނަގޯނޯ ކަރާބާރގެ މިލްކުވެރިކަމާއިމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެއްގައުމުން އަނެއްގައުމަށް މީހުން ދަތުރުކުރުމުގައި އުނދަގޫތަކެއް ހުރެއެވެ. މިހެންވެ އާމީނިއާ މީހުންނަށް އަޒަރަބައިޖާން އަށް ދިއުމަށް ވިސާނުލިބުން ގާތެވެ.

ފައިނަލް މެޗު ކުޅޭނީ އަޒަރަބައިޖާންގެ ވެރިރަށް ބަކޫގައެވެ. އާސެނަލްއިން ބުނީ މިކިތާރިއަން އަށް އަޒަރަބައިޖާންގެ ވެރިރަށް ބަކޫ އަށް ދިއުމަށް ޔޫއޭފާ މެދުވެރިކޮށް ވިސާ ލިބުނު ކަމަށާއި އާއިލާއާ ވާހަކަ ދެއްކުމަށްފަހު މެޗުގައި ނުކުޅެން ނިންމީ ކުޅުންތެރިޔާ އަމިއްލަ އަށް ކަމަށެވެ. މިކަމާ މެދު އަޒަރަބައިޖާންގެ އެފްއޭއިން ބުނެފައިވަނީ އެ ގައުމަށް ދިއުމަށް މިކިތާރިއަން ބޭނުންނުވުމުން ހިތާމަ ކުރާ ކަމަށެވެ.

އަދި ޔޫއޭފާއިން ވެސް ބުނީ މެޗު ކުޅެން މިކިތާރިއަން އަށް ހާއްސަ ސެކިއުރިޓީ އެއް ދިނުމަށް އަޒަރަބައިޖާންގެ ސިފައިންގެ ވެސް އެއްބަސްވި ކަމަށާއި ނަމަވެސް ކުޅުންތެރިޔާގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށެވެ.

ޔޫރޮޕާ ލީގުގެ ފައިނަލްގައި އާސެނަލް ޗެލްސީއާއި ވާދަކުރާއިރު، 1994ގެ ފަހުން އާސެނަލް އަށް ޔޫރަޕުގެ ތައްޓެއްނުލިބެއެވެ.