ކުޅިވަރު

ކޮމްޕެނީ އަށް ބެލްޖިއަމްގެ ގައުމީ ސްކޮޑަށް ނަގައިފި


މެންޗެސްޓާ ސިޓީދޫކޮށް ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުގައި އަންޑަލެކްޓަށް ބަދަލުވި ވިންސެންޓް ކޮމްޕެނީ އަށް ބެލްޖިއަމްގެ ގައުމީ ސްކޮޑުން ޖާގަ ދީފިއެވެ.

ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ އޭނާ ކޮމްޕެނީ އަށް ފުރުސަތުދިނީ ސިޓީގައި ދެއްކި ލީޑަރޝިޕާއި ނަމޫނާއަށްކަމަށެވެ. މާޓިނޭޒް ބުނީ ޔޫރޯ ކޮލިފައިންގައި ކުޅެން މޮޅު ޑިފެންޑަރެއް ބޭނުންވާ ކަމަށާއި ކުރީގެ ގައުމީ ކެޕްޓަން އަކީ ފިޓްކޮށް ހުރެފިނަމަ ދުނިޔޭގެ އެއްވަނަ ޑިފެންޑަރު ކަމަށެވެ. އަދި މިޒަމާނުގެ ފުޓްބޯޅައިގައި ކޯޗެއްގެ އިތުރުން ކުޅުންތެރިއެއްގެ ގޮތުގައި ހުރުމަކީ ފަސޭހަކަމެއްނޫން ކަމަށެވެ.

މާޓިނޭޒް ބުނީ ކޮންޕެނީއަށް ފުރުސަތު ދޭން ޖެހޭކަމަށް. ކޮންޕެނީ ވަނީ މި ސީޒަނުގައި މެންޗެސްޓަރ ސިޓީ ހޯދީ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މެންޗެސްޓަރ ސިޓީގެ އެންމެ ކާމިޔާބު ކެޕްޓަންވަނީ މި ސީޒަންގައި ތިން ތަށި ހޯދިއިރު، މުހިންމު ދަނޑިވަޅުތަކުގައި އޭނާވަނީ ގޯލްތަކެއްވެސް ޖަހާފައެވެ.