ޚަބަރު

ކޭބަލެއް ބުރިކޮށްލި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި


ގދ. ގައްދޫގައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިޔުއެސްސީން ބާއްވާފައި އޮތް ކޭބަލެއް ބުރިކޮށްލި މައްސަލާގައި ހައްޔަރުކުތި ތިން މީހެއް ޝަޜީއަތް ނިމެންދެން ބަންދުގައި ބެެހެއްޓުމަށް ގދ ވާދޫ ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ ގދ ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ ސްކޫލް ކައިރީގައި އެމްޑަބްލިއުއެސްސީން ބާއްވާފައިވާ ބޮޑު ކަރަންޓް ކޭބަލް ބުރި ކޮށްލި މައްސަލާގައި ތިން މީހަކު އިއްޔެ ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ 36 އަހަރާއި 42 އަހަރުގެ ފިރިހެނުންކަމަށްވެސް ފުލުހުން ބުނެއެވެ.

މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.