ވިޔަފާރި

ޗެންނާއީއަށް ކުރާ ދަތުރުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި


ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން އިންޑިއާގެ ޗެންނާއީއަށް ކުރާ ދަތުރުތަކަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވިއަން ހޮލިޑޭސްއިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން 675 ޑޮލަރަށް ދެ މީހަކަށް ޗެންނާއީއަށް ދެކޮޅު ޓިކެޓާއި ތިން ދުވަހުގެ ހުރުން ހަމަޖައްސައިދެއެވެ.

މޯލްޑިވިއަންއިން ދަނީ އިންޑިއާގެ ޗެންނާއީއަށް ހަފްތާއަކު ތިން ދަތުރުކުރަމުންނެވެ. ޗެންނާއީއަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާފައިވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރމަހުގެ 15 ވަނަދުވަހުއެވެ.

މޯލްޑިވިއަންއިން ބައިނަލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އިންޑިއާގެ ޗެންނާއީގެ އިތުރުން އެޤައުމުގެ ޓްރިވެންޑުރަމަށްވެސް ހިމެނެއެވެ.