ސިޔާސީ

ޖަލުތަކުގެ ލައިބްރުރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލަން ނިންމައިފި


ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތު މާދަމާއިން ފެށިގެން އާންމުކޮށް ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ޖަލު ތަކުގެ ލައިބްރަރީ ތަކަށް ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތު ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި ރައީސުންނާއި ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

ޖަލުތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާ ކުރުމުގެ އިންތިޒާމް އަމީނިއްޔާ ސްކޫލުގައި ހަމަޖައްސާފައިވާ އިރު އެކަން އާންމުކޮށް، ހުޅުވާލުމުގެ ގޮތުން ބުދަ ދުވަހު ހެނދުނު އަމީނިއްޔާ ސްކޫލުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުގެ ބޭނުމަކީ ޖަލުގައި ފޮތް ކިޔުމުގެ ޝައުގުވެރިކަން އުފައްދައި، އާންމު މައުލޫމާތާއި ހުނަރާއި ގާބިލުކަން އިތުރުކޮށްދޭ މައުލޫމާތު ހިމެނޭ ފޮތްތައް ކިއުމުގެ ފުރުޞަތު ގައިދީންނަށް ތަނަވަސްކޮށްދިނުން ކަމަށެވެ.