މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ސިސިލްފަރު ގްރޫޕަށް ހުއްދަ ނުދިނުމުން އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
ސިވިލް ކޯޓުން ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ސިސިލްފަރުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ޝަރީއަތުގެ އަދާލަތުގެ ހަމަތަކާއި ޝަރީއަތް ކުރުމާއި ބެހޭ ގަވާއިދުގެ މައްޗަށް ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތުގެ ކަމެއް ނެތް ކަމަށެވެ.
ސިސިލްފަރުން އސްލާމިކް މިނިސްޓާރީއާއި ދެކޮޅަށް ދައުވާ ކުރި މައްސަލައިގެ ޝަރީއަތް ފެށީ ޝަރީއަތުން ބޭރުގައި މިމައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.
މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ސިސިލްފަރު ގްރޫޕަށް ހުއްދަ ނުދިން މައްސަލަ އެ ޖަމާއަތުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ހައްޖަށް މީހުން ގެންދިއުމަށް މާކްސް ދިނުމުގައި އެއްވެސް އޮޅުވާލުމެން ނޯންނާނެކަމަށެވެ. ޙައްޖަށް މީހުން ގެންދިއުމުގައި މާކްސް ދީފައިވަނީ އަގަށް 35 އިންސައްތައެވެ. ޚިދުމަތަށް 60 އިންސައްތަ އަދި ތަޖުރިބާއަށް 5 އިންސައްތައިގެ މަގުން މާކްސް ދީގެންނެވެ.
ހައްޖަށް މީހުން ގެންދިޔުމަށް ހުއްދައަށް އެދި ހުށައެޅި 18 ކުންފުންޏަކުން ހުށައެޅިއެވެ. އޭގެތެރެއިން މި އަހަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނާއި އެކު 6 ކުންފުންޏަކަށެވެ.
މި އަހަރު ހައްޖަށް ގެންދިތުމުގެ ހުއްދަދިން އަމިއްލަ ޖަމާއަތްތަކަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މިނާ ޙައްޖު އެންޑް އުމްރާ ޕްރއިވެޓް ލިމިޓެޑާއި އެކްރޯ ޕްރައިވެޓް ލިމިޓެޑާއި އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.
ހުއްދަދިން ގްރޫޕްތަކުން ހައްޖަށް މީހުންގެ ގެންދިޔުމަށް ޖާގަ ދޫކޮށް ފައިސާ ނެގުމާއި އެކު ހައްޖުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައްވަނީ ފަށާފައެވެ.