ވިޔަފާރި

މޯލްޑިވްސް ގެޓަވޭސް ރީބްރޭންޑްކޮށްފި


ރާއްޖޭގައި ހިންގާ ޕީއާރު އެންޑް މާކެޓިންގ ކުންފުނި މޯލްޑިވްސް ގެޓަވޭސް ރީބްރޭންޑް ކޮށްފިއެވެ.
ރީބްރޭންޑް ކުރުމަށްފަހު މޯލްޑިވްސް ގެޓަވޭސްގެ ނަން މިހާރު ވަނީ "އޮރކާ މީޑިއާ ގުރޫޕް" ގެ ނަމަށް ބަދަލުކޮށްފައެވެ.

މޯލްޑިވްސް ގެޓަވޭސްއިން ބުނީ ކުންފުނީގެ ނަން ބަދަލުކުރީ ކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުރުމާއި އިންޓަނޭޝަނަލް މީޑިއާއަކާއި ދިމާލަށް ކުންފުނި ދާތީކަމަށެވެ. އޮރކާ މީޑިއާ ގުރޫޕުން ވަނީ ބައިނަލްއަޤްވާމީ މީޑިއާ އަދި މާކެޓިން ކުންފުންޏަކަށް ވުމަށް އަމާޒުހިފާފައެވެ.

"އޮރކާ މީޑިއާ ގުރޫޕް" ގެ ނަމަށް ބަދަލުކޮށްފައިވާ މޯލްޑިވްސް ގެޓަވޭސްއިން ކުރިއަށްގެންދާ އިވެންޓްތަކަށް ބަލާއިރު، ގޯލްޑް 100، އިންޑިއަން އޯޝަން ބިޒްނަސް ފެސްޓިވަލް އަދި ޓްރެވެލް ޓްރޭޑް މޯލްޑިވްސް ހިމެނެއެވެ. އޮރކާ މީޑިއާ ގުރޫޕްގެ ދަށުން ހިންގާ ޕްރިންޓް މެގަޒިންތަކުގެ ތެރޭގައި ޓީޓީއެމް އޮންލައިން، އެމްވީ ޕްލަސް ވީޑިއޯ ނިއުސް، އަދި ކޯޕަރޭޓް މޯލްޑިވްސް ހިމެނެއެވެ.