ވިޔަފާރި

ބޭނުންނުކުރާތާ 5 އަހަރުވީ އެކައުންޓުތައް ބަންދުކުރަނީ


އެޗް.އެސް.ބީ.ސީގެ ރާއްޖޭގައި ހުންނަ އޮފީހުގައި ހުޅުވާފައި ހުރި އެކައުންޓް ތަކުގެ ތެރެއިން ބޭނުންނުކުރާތާ 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އެކައުންޓްތައް ބަންދުކުރާނެކަމަށް އެބޭންކުން ބުނެފިއެވެ.އެޗް.އެސް.ބީ.ސީން ވަނީ އެފަދަ އެކައުންޓްތަކުގައި ހުރި ފައިސާއާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއްދީފައެވެ.ބޭނުންނުކުރާތާ 5 އަހަރުވެފައިވާ 56 އެކައުންޓެއް އެބޭންކުން ވަނީ އިއުލާންކޮށްފައެވެ. އަދި 60 ދުވަސްތެރޭގައި އެއެކައުންޓްތަކުގައި ހުރި ފައިސާއާ ހަވާލު ނުވެއްޖެ ނަމަ ބޭންކިންގ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން އެއެކައުންޓް ތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލުކުރާނެކަމަށްވެސް އެޗް.އެސް.ބީ.ސީން ވަނީ ބުނެފައެވެ. އަދި އެފަދަ އެކައުންޓްތަށް ބަންދު ކުރަން ބޭނުންނުވާނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކައުންޓްތަކުގެ ވެރިފަރާތުން އެބޭންކަށް ވަޑައިގެން އެކަން ހައްލުކޮށްދެއްވުން އެދޭކަމަށް އެބޭންކުން ވަނީ ބުނެފައެވެ.