ޚަބަރު

ޕީއެސްޖީ ދޫކޮށްލަން ޖެހިދާނެ ކަމުގެ އިޝާރާތެއް އެމްބާޕޭ ދީފި


އަންނަ ސީޒަނުގައި ކުލަބު ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ފްރާންސްގެ ޒުވާން ފޯވަޑް ޕީއެސްޖީގެ ކޭލިއަން އެމްބާޕޭ ދީފިއެވެ.

ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށްފަހު އިނާމާއެކު ހުރެ އޭނާ ބުނީ ޕީއެސްޖީގައި ހުންނަން ފުރުސަތު ލިބިއްޖެނަމަ ވަރަށް އުފާވާނެ ކަމަށެވެ.

އެމްބާޕޭ ބުނީ މުޅިން އާޕްރޮޖެކްޓެއް ފަށަންޖެހިއްޖެނަމަ އެކަމަށް ވެސް އޭނާ ތައްޔާރުކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް ކުރިއަށް އޮތްތަނުގައި ޒިންމާ އަދާކުރަންޖެހޭކަމަށް އޭނާ ބުންޏެވެ. އެމްބާޕޭ ބުނީ ޕީއެސްޖީގައި މިސީޒަނުގައި އެމީހުން އެންމެ ބޭނުންވި ކާމިޔާބު ނުލިބުނުކަމަށެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އެމްބާޕޭގެ ވާހަކަތަކާމެދު ހައިރާންވެފައެވެ. ނަމަވެސް އެ ވާހަކަތަކަށް ޓުޝެލް ވަކި އެއްޗެއް ނުބުނެއެވެ. އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަނީ ސްޕޭނުގެ ރެއާލް މެޑްރިޑެވެ. އެކުލަބުގެ ކޯޗު ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާނާއެކު މަސައްކަތް ކުރަން އެމްބާޕޭ ބޭނުންވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.