ކުޅިވަރު

އެފްސީ ޒިޔާރަތްފަންނަ ބަލިކޮށް އެފްސީ އަފިރިން މެޗު ކާމިޔާބްކޮށްފި


"ހެޕީ މާކެޓު ގޯދިއްޔާ ފުޓްސަލް ކަޕް" ގައި ރޭ ކުޅުނު ފުރަތަމަ މެޗް އެފްސީ އަފިރިން ކާމިޔާބްކޮށްފިއެވެ.

އެފްސީ ޒިޔާރަތްފަންނާ ވާދަކޮށް މި މެޗު އެފްސީ އަފިރިން ކާމިޔާބުކުރީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. މެޗުގެ ފުރުތަމަ ހާފް ނިމުނުއިރު ދެ ލަނޑު އެއް ލަނޑުން އެފްސީ ޒިޔާރަތްފަންނު އޮތީ ކުރީގައިއެވެ. ވާދަވެރި ކުޅުމެއް ފެނުނު މެޗުން އަފިރިން މޮޅުވީ ދެވަނަ ހާފުގައި ޖެހި ތިން ގޯލާއިއެކުއެވެ. އަފިރިން ޓީމްގެ ދެ ލަނޑު ޖަހައިދިނީ އިބްރާހީމް ސައިފްއެވެ. އަދި އަނެއް ދެ ލަނޑު ޖަހައިދިނީ ހުސެއިން ވާފިރާ، އަލީ ނަޖާހްއެވެ. އެފްސީ ޒިޔާރަތްފަންނަށް ދެ ލަނޑު ޖަހާދިނީ މުޙައްމަދު ސަޔަމް ސައީދާއި އައްޒާމު އަޙުމަދު ޖިހާމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެފްސީ އަފިރިން ޓީމްގެ އިބްރާހީމް ސައިފްއެވެ.