ޚަބަރު

ރޯދަވީއްލުމަކަށް ދާންވީތަ؟ އޮންލައިންކޮށް ބުކްކޮށްލާ!


ރޯދަމަހަކީ އަޅުގަނޑުމެންގެ ޢާއިލާތަކާއި ރަޙުމަތްތެރިންގެ މެދުގައި އޮންނަ ގާތްކަމާއި އެކުވެރިކަން އިތުރަށް ބަދަހިކުރުމުގައި މުހިންމު ދައިރެއް އަދާކުރާ މަހެކެވެ. އެއްބަޔަކު އަނެއްބަޔަކަށް ދޭ ރޯދަވީއްލުންތަކާއި، އެންމެން ގްރޫޕް ހަދާފައި ބާއްވާ މިފަދަ ރޯދަ ވީއްލުންތަކުގެ ފޯރިގަދަވެފައިވާއިރު، މިކަންކަމުގެ މާހައުލަކަށް ޚާއްސަކޮށް މާލޭގައި ވެގެން ދަނީ ކެފޭ ރެސްޓޯރެންޓްތަކެވެ.

ކޮންމެ ރޯދަމަހަކާ ދިމާކޮށް ކެފޭ ރެސްޓޯރެންޓުތަކުގައި ޚާއްސަ މެނޫތައް ހަދައި، ރޯދައަށް ތައްޔާރުވަނީ މި ސަބަބާހުރެއެވެ. އެހެންނަމަވެސް އެންމެ ރަނގަޅު ކެފޭއަކުން ނުވަތަ ރެސްޓޯރެންޓަކުން ޖާގަހޯދައި ތަން ބުކް ކުރުމަށް އުފުލަންޖެހެނީ ކުޑަ ތަކުލީފެއްނޫނެވެ. ތަންތަނަށް ހިނގައިގެން ނުވަތަ ގުޅައިގެން ތަނެއް ބުކްކުރުމަކީވެސް ބޮޑު މަސައްކަތެވެ. އެހެންނަމަވެސް މިހާރު ދަންނަވަން ޖެހެނީ އެއީ މާޒީކަމުގައެވެ.

ޒަމާނީ ލުއިފަސޭހަ ވަސީލަތްތަކާއެކު، މިހާރު ރޯދަވީއްލަން ބޭނުންވާ ރެސްޓޯރަންޓު ނުވަތަ ކެފޭ އޮންލައިންކޮށް ބުކް ކުރެވޭނެ އިންތިޒާމް މިވަނީ ހަމަޖެހިފައެވެ. "ޕޭޔާ ޕްރައިވެޓްލިމިޓެޑް" އިން މިފަހަރުގެ ރޯދަމަހަށް ނެރުނު ޚާއްސަ ޕްރޮޑަކްޓް " އިފްތާރް ބުކިން" އަކީ ލުއިފަސޭހަ ޚިދުމަތެކެވެ. "ޕޭޔާ" އިން ހަމަޖައްސާފައިވާ މިޚިދުމަތަކީ ލުއިފަސޭހަ ޒަމަނީ ޚިދުމަތެވެ. މި ޚިދުމަތްމެދުވެރިކޮށް އޮންލައިންކޮށް ކެފޭ/ރެސްޓޯރެންޓަށް ފައިސާ ދެއްކުމަށްފަހު ރޯދަވީއްލަން ދާންވީއެވެ.

ޕޭޔާރގެ "އިފްތާރް ބުކިން" ޚިދުމަތް މެދުވެރިކޮށް އޮންލައިންކޮށް ކެފޭ/ރެސްޓޯރެންޓުތަކުގެ މެނޫތައް ބަލާލައި، ބުކްކޮށް، ވަގުތުން ފައިސާ ދައްކާލެވޭނެއެވެ. މިޚިދުމަތް ޕޭޔާރގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެވެ.

ފޭޔާރއިން އޮންލައިކޮށް payer.mv/iftar އިފްތާރު ބުކިންގެ ޚިދުމަތް ދިނުމުގެ ބޭނުމަކީ ވީހާވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ މެނޫތަކެއް ބަލާލައި ފަސޭހައިން ބުކްކޮށްލެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. ކެފޭ/ރެސްޓޯތެންޓުތަކަށް ގުޅައި އަދި ސޯޝަލް މީޑިއާ ޕޭޖްތައް ބެލުމުގެ ބަދަލުގައި، ޕޭޔާރ މެދުވެރިކޮށް އެއްތަކަނުކް ހުރިހާ މެނޫތައެއް ބަލާލެވޭނެއެވެ.

“ޕޭޔާރ” އަކީ އޮންލައިންކޮށް ރާސްޓަސް، ރީލޯޑުގެ ޚިދުމަތާއި ބިލުތައް ދެއްކުންފަދަ ޚިދުމަތްތައް ދޭ އެޕްލިކޭޝަނެކެވެ. ޕޭޔާގެ މަގްސަދަކީ ހުރިހާ ޕޭމަންޓްތަކެއް އެއްތަނަކުން ދެއްކޭނެ ވަޞީލަތެއް ގާއިމުކުރުމެވެ.