ކުޅިވަރު

ސްކޯޕިއަންސް އާއި އެސްއޯއެސް ބޯއީސް ފައިނަލުން ޖާގަ ހޯދައިފި


ކިއު އައި ފުޓްސަލް ފިއެސްޓާގެ ފައިނަލަށް ސްކޯޕިއަންސް އަދި އެސްއޯއެސް ބޯއީސް ދަތުރުކޮށްފިއެވެ.
ކިއު އައި އެސޯސިއޭޝަނުން ޅ. ހިންނަވަރުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގައި ސްކޯޕިއަންސް ފައިނަލްގެ ޖާގަ ހޯދީ ސެމީފައިނަލްގައި ރިވަރސައިޑް ހަތް ލަނޑު ސުން ލަނޑުން ބަލިކޮށްނެވެ. ސްކޯޕިއަންސްގެ އެއް ގޯލަކީ ރިވަރސައިޑްގެ ވިލްފް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗްގައި ސްކޯޕިއަންސްގެ އަވީން ވަނީ ހެޓްރިކް ހަދާފައިއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މައުރޫފް ދެ ގޯލް ޖެހި އިރު އައްފާޝްވެސް ވަނީ ގޯލެއް ޖަހާފައިއެވެ. އެސްއޯއެސް ބޯއީސް ފައިނަލަށް ދިޔައީ ސެމީގައި ޓީއެންޓީ އަތުން ހަ ލަނޑު ފަސް ލަނޑުން މޮޅުވެގެންނެވެ. އެސްއޯއެސް ބޯއީސްގެ ޝިފާޒް އަދި ޝައްފާން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހިއިރު އަނެއް ލަނޑުތައް ޖަހައިދިނީ އަހުމަދު އަދި ޔޫސުފްއެވެ. ޓީއެންޓީގެ އިޔާދުވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. އެހެން ލަނޑުތައް ޖަހައިދިނީ ރަބާހް އަދި ފައިސަލްގެ އިތުރުން ވިސާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެސްއޯއެސް ބޯއީސްގެ އަބްދުއްﷲ ސާލިމްއެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ މާދަމާ ރޭގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައިއެވެ.