ކުޅިވަރު

ސްޕްރިންޓް ބަލިކޮށް މާކަރީ ޔުނައިޓެޑްސް އަށް މޮޅެއް


އައްޑޫސިޓީ މަރަދޫގައި މިހާރު ކުރިއަށްދާ "ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕް"ގެ ރޭގެ ފުރަތަމަ މެޗް މާކަރީ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

އެފްސީ ސްޕްރިންޓް ބައްދަލުކޮށް މި މެޗު މާކަރީ ޔުނައިޓެޑުން ކާމިޔާބުކުރީ ތިން ލަނޑު ދެ ލަނޑުންނެވެ. މިއީ މިދެޓީމު ވެސް މިމުބާރާތުގައި ކުޅުނު ދެވަނަ މެޗުއެވެ. އެފްސީ ސްޕްރިންޓްވަނީ މުބާރާޓުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިއެވެ. މާކަރީ ޔުނައިޓެޑް ވަނީ އެޓީމުން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިއެވެ. މިމެޗުގައި މާކަރީ ޔުނައިޓެޑަށް ލަނޑުތައް އެޓީމަށް ޖަހައިދިނީ އަހުމަދު ވިސާލްއާއި، ޙުސައިން އަފްސަލްއާއި ހާރޫން އިބްރާހީމްއެވެ. އެފްސީ ސްޕްރިންޓުގެ ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ ނާއިފް ޝަފީގްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާކަރީ ޔުނައިޓެޑުގެ ހާރޫނު އިބްރާހީމްއެވެ.