ޚަބަރު

އައްޑޫ ސިޓީގައި އެކްސިޑެންޓެއް ހިނގާ 3 މީހަކަށް އަނިޔާވެއްޖެ


އައްޑޫ ސިޓީ މަރަދޫގައި އެކްސިޑެންޓެއް ހިނގާ 3 މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މަރަދޫ ސްލިޕް ވޭ ކައިރިން 2 ސައިކަލެއް ޖެހިގެންނެވެ. ފުލުހުން ބުނީ މި ހާދިސާގައި 3 މީހަކަށް އަނިޔާވެފައިވާކަމަށާއި ތިން މީހުންނަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ސައިކަލުގެ ތެރެއިން އެއް ސައިކަލް ދުއްވަން އިނީ އުމުރުން 42 އަހަރުގެ ފިރިހެނެއްކަމަށާއި އެ މީހާއާއި އަނެއް ސައިކަލް ދުއްވަން އިން މީހާގެ އަތުގައިވެސް ލައިސަންސް ނެތް ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ ރިޕޯޓްކޯށްފައިވަނީ މިރޭ 19:13 ހާއިރުކަމަށެވެ.

އައްޑޫ ސިޓީގައި މިރޭ އެކްސިޑެންޓެއް ހިނގާފައިވާއިރު ރޭ ދަންވަރު އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްލިބުނު ޒުވާނަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.