ޚަބަރު

ސެމީ ފައިނަލްގެ ފަހު 2 ޖާގަ ރިވަރސައިޑާއި ޓީއެންޓީއަށް


ޅ. ހިންނަވަރުގައި ކުރިއަށްގެންދާ ކިއުއައި ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ރިވަރސައިޑާއި، ޓީއެންޓީ ޖާގަ ހޯދައިފިއެވެ. ރިވަރސައިޑުން ސެމީގެ ޖާގަ ހޯދީ ހުރަވަޅި ހަތަރު ލަނޑު ދެ ލަނޑުން ބަލިކޮށްގެންނެވެ. މެޗްގައި ރިވަރސައިޑްގެ ޒިޔާދު އަދި ވިލްފް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފައެވެ. ހުރަވަޅީގެ ދެލަނޑު ޖަހައިދިނީ ޔޫސުފް އަދި ސަމީހުއެވެ. ޓީއެންޓީ ސެމީ ފައިނަލުން ޖާގަ ހޯދީ ފެލިވަރު ހަތަރެއް ދޭކުން ބަލިކޮށްނެވެ މެޗްގައި ޓީއެންޓީގެ ރަބާހު ދެ ލަނޑު ޖަހައިދިން އިރު އިޔާދު އަދި ފައިސަލް ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހާފައެވެ. ފެލިވަރުގެ ލަނޑުތައް ޖެހީ ޝަހީން އަދި އަހުޒަމްއެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސްކޯޕިއަންސްއާއި ރިވަރސައިޑް ވާދަކުރާއިރު ދެވަނަ ސެމީ ފައިނަލްގައި ވާދަކުރާނީ އެސްއޯއެސް ބޯއީސްއާއި ޓީއެންޓީއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.