އެމްޓީސީސީގެ ބަހަކުންޖެހި މީހަކުމަރުވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ބަސް ޑްރައިވަރު ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތިދުވަހު ޝަރުތުތަކަކާއެކު ކްރިމިނަލްކޯޓުން އޭނާ ދޫކޮށްލާފައިވާކަމަށެވެ. ކޯޓުން އޭނާ ދޫކޮށްލާފައިވާއިރު ދެފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ކުރިން ވަނީ އިތުރުކޮށްފައެވެ.
މި މަހުގެ ހަވަނަ ދުވަހު ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓް ހިންގާފައިވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިފައި އިންދައި، ބަހުގައި މަސައްކަތްކުރާ އެހީތެރިއަކު އޭނާގެ ގައިގައި ކޮށްޓާލުމުން، ހޭލެވި، ކުއްލިއަކަށް ސްޕީޑް ބާރުކޮށްލެވުމާއި ގުޅިގެންކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި މަރުވި ޢުމުރުން 31އަަހަރުގެ ޔޫކްރެއިން އަންހެންމީހާގެ ހަށިގަނޑު އޭނާގެ ޢާއިލާއާއި ވަނީ ހަވާލުކޮށްފައެވެ.