ޚަބަރު

އައްޑޫސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް މާލެއަށް


އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ފުރުވާލައިފިއެވެ.

ރޭ ދަންވަރު ހިނގި މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން އެ ޒުވާނާއަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައިވެސް ފަރުވާދީފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނަކަށް ކަމަށެވެ. ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސައިކަލް ދުއްވަން އިން ޒުވާނާއަށެވެ. އޭނާގެ ވާތުފައި ބިންދައިގެން ދިޔުމުގެ އިތުރުން ބޯ ފަޅައިގެން ގޮސް އެހެނިހެން އަނިޔާތައްވެސް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

ރޭ ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 29 އަހަރުގެ ޒުވާނާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.