ކުޅިވަރު

ސެމީ ފައިނަލަށް ސްކޯޕިއަންސް އާއި އެސްއޯއެސް ބޯއިޒް ދަތުރުކޮށްފި


ޅ.ހިންނަވަރުގައި މިހާރު ކުރިޔަށްދާ ކިއުއައި ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލަށް ސްކޯޕިއަންސް އަދި އެސްއޯއެސް ބޯއިޒް ދަތުރުކޮށްފިއެވެ.

މުބާރާތުގައި ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ އެފްސީ ހޯޕް އާއި ސްކޯޕިއަންސްއެވެ. މި މެޗު ސްކޯޕިއަންސް ކާމިޔާބުކުރީ ހަތެއް ދޭއްގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސްކޯޕިއަންސްގެ ހުސައިން ހެޓްރިކް ހެދިއިރު މައުރޫފް ވަނީ ދެ ލަނޑު ޖަހާފައެވެ. އަނެއް ދެ ލަނޑު އެޓީމަށް ޖަހައިދިނީ މަސީދް އަދި އަވީންއެވެ. އެފްސީ ހޯޕްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ފައިސަލްއެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ޝެޑޯސް އާއި އެސްއޯއެސް ބޯއިޒްއެވެ. މި މެޗު އެސްއޯއެސް ބޯއިޒްގެ ޓީމުން ކާމިޔާބުކުރީ ހަތަރު ލަނޑު ތިން ލަނޑުންނެވެ.

މި މެޗުގައި އެސްއޯއެސްގެ އަބްދުﷲ ޝައްފާން ހެޓްރިކް ހެދިއިރު އެޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ޝިފާޒެވެ. އެފްސީ ޝެޑޯސްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ނަދީމް ޖަހައިދިން އިރު އަނެއް ލަނޑު ޖަހައިދިނީ ޝަނޫނެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ފަހު ދެ މެޗު މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.