ޚަބަރު

މާފަންނު ގެއަކުން 1.6 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި


ފުލުހުން ރޭހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާފަންނު ގެއަކުން 1.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިކަން ހާމަކުރައްވާ ފުލުހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑްރަގް އެންފޯސް ޑިޕާޓްމަންޓާ، ޑްރަގް އިންޓަލިޖަންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 1.209 ކިލޯ ގްރާމްގެ ކެނަބިސް އާއި، 454.8 ގްރާމް ހެރޮއިން އާއި 0.6 ގްރާމް ކޮކެއިން ފުލުހުން އަތުލައިގަނެފައި ވާކަމަށެވެ.

މިކަމާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސްސަރވިސްއިން މައުލޫމާތުދެއްވިއެވެ.

ފަހަކަށް އައިސް ފުލުުން ހިންގާ މަސްތުވާތަކެތީގެ ތަފާތު އޮޕަރޭޝަންތަކުގައި ބޮޑެތި ޢަދަދުތަކުން މަސްތުވާތަކެތި ފުލުހުން އަންނީ އަތުލައިގަންނަމުންނެވެ. އެގޮތުން ފުލުހުންނާއި ސިފައިން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި މިމަހުގެ ހަތްވަނަ ދުވަހު އަތުލައިގަތް އީރާނުގެ ބޯޓަކުން ވަނީ 50 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. މީގެއިތުރުން މިދިޔަ އޭޕްރީލް މަހުގެތެރޭގައި ގދ.އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯ މަސްތުވާތަކެތި ފުލުހުންވަނީ އަތުލައިގެންފައެވެ.