ދުނިޔެ

މޫރްސީގެ މައްޗަށް ވިހި އަހަރުގެ ޖަލު ހުކުމެއް އިއްވައިފި


މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މޫރްސީގެ މައްޗަށް ވިހި އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.މީގެ ދެއަހަރު ކުރިން ވެރިކަމުން ދުރުކޮށްފައިވާ އުމުރުން 63 އަހަރުގެ މޫރްސީގެ މައްޗަށް ވިހި އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މޫރްސީ ރައީސް ކަމުގައި ހުންނަވަނިކޮށް، ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކު މަރާލިކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައިވާތީއެވެ.ބަޔަކު މެރުމުގެ ދައުވާ ސާބިތުވެ،އެކުށުގެ އުޤޫބާތެއްގެ ގޮތުން ވިހި އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އިތުރު ތިން ދައުވާއެއް މޫރްސީގެ މައްޗަށް އުުފުލާފައިވެއެވެ.