ޚަބަރު

އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓްގެ މަސައްކަތް ޖަޕާނުގެ އެންބީކޭ ކޯޕަރޭޝަނާ ޙަވާލުކޮށްފި


ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓުގެ މަސަކަތް ޖަޕާނުގެ އެން.ބީ.ކޭ ކޯޕަރޭޝަނާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ސޮއިކޮށްފިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އެއް ހަމައެއްގައި ހުރިހާ ރާއްޖޭގެ ސަރަހައްދުތަކަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ވިއުގައެއްގެ ތެރެއިން ޙައްލު ހޯދައިދިނުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓްުގެ މަސައްކަތް، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ފަރާތުން ޖަޕާނުގެ އެން.ބީ.ކޭ ކޯޕަރޭޝަނާ ޙަވާލުކުރި ކަމުގެ ލިޔުމުގައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ މުޙައްމަދު ސަޢީދެވެ. އަދި އެން.ބީ.ކޭ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ކޮމްޕެނީ ޑައިރެކްޓަރ މަސުކާޒޫ ޑަޒާއީ އެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓު ނިމުމުން ކާރިސާއެއް ކުރިމަތިވުމުގެ ކުރިން އެކަމުގެ އިންޒާރުދޭ ނިޒާމެއްގެ ގޮތުގައި ވެސް މިވިއުގަ ބޭނުންކުރެވޭނެއެވެ. މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ދާދި އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު، 2020ވަނަ އަހަރު ނިމުމުގެ ކުރިން ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޖަޕާނުގެ ޓޯކިއޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޚައްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސްއެވެ. ޓޯކިއޯގެ އެބިސޫގައި ބޭއްވި މި ރަސްމިއްޔާތުގައި އެން.ބީ.ކޭ ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔުކިއޯ ކުރަބްޔާޝީގެ އިތުރުން ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ޖަޕާނު ސަރުކާރުން ރާއްޖޭގައި ޤާއިމްކުރާ ޑިޖިޓަލް ޓެލެވިޜަން ސިސްޓަމަކީ، ޖަޕާނާއި ރާއްޖެއާ ދެމެދު މަޝްވަރާ ކުރެއްވުމަށްފަހު ރާއްޖޭގެ މީޑިއާގެ ދާއިރާ ކުރިއެރުވުމަށް އެޤައުމުން ދެއްވި އެހީގައި ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓު ނިމުމުން، ކާރިސާއެއް ކުރިމަތިވުމުގެ ކުރިން އެކަމުގެ އިންޒާރުދޭ ނިޒާމެއްގެ ގޮތުގައި ވެސް މިވިއުގަ ބޭނުންކުރެވޭނެއެވެ. މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ދާދި އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު، 2020ވަނަ އަހަރު ނިމުމުގެ ކުރިން ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޖަޕާނުގެ ޓޯކިއޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޚައްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑަގެންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް އުވައިސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޓޯކިއޯގެ އެބިސޫގައި ބޭއްވުނު މިރަސްމިއްޔާތުގައި އެން.ބީ.ކޭ ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔުކިއޯ ކުރަބްޔާޝީގެ އިތުރުން ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޕާނު ސަރުކާރުން ރާއްޖޭގައި ޤާއިމްކުރާ ޑިޖިޓަލް ޓެލެވިޜަން ސިސްޓަމަކީ، ޖަޕާނާއި ރާއްޖެއާއި ދެމެދު މަޝްވަރާ ކުރެއްވުމަށްފަހު ރާއްޖޭގެ މީޑިއާގެ ދާއިރާ ކުރިއެރުވުމަށް އެޤައުމުން ދެއްވި އެހީގައި ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

އިންޓަރގްރޭޓެޑް ސަރވިސަސް ޑިޓިޓަލް ބްރޯޑްކާސްޓިންގ ޓެރެސްޓީރިއަލް (އައިއެސްޑީބީ-ޓީ) ސިސްޓަމަކީޖަޕާނުގެ ޑިޖިޓަލް މިންގަނޑުތަކަށް ފެތޭ އެއް ސިގްނަލުން ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމެކެވެ.

އައިއެސްޑީބީޓީއަކީ ޓީވީގެ ޚިދުމަތް ޑިޖިޓަލްކޮށް މޮބައިލް ފޯނުމެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ޓީވީ ބެލުމަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ ނިޒާމެކެވެ.

ރާއްޖޭގައި ޤާއިމުކުރާ މިނިޒާމް މޮނިޓަރ ކުރާނީ ބްރޯޑްކާސްޓިންގ ކޮމިޝަނުންނެވެ. މިޕްރޮޖެކްޓްގެ ދަށުން 10 ވަރަކަށް ޗެނަލްގެ ޚިދުމަތް ދެވޭނެކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޗެނަލްތައް ވެގެންދާނީ ޕްރައިވެޓް ޗެނަލް ތަކަކަށްކަމަށް ޕީއެސްއެމުންވަނީ ވިދާޅުވެފައެވެ.