ކުޅިވަރު

މެންޗެސްޓާ ސިޓީއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކުލަބު ނޫން - ހަވީ ގްރާސިއާ


މެންޗެސްޓާ ސިޓީއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކުލަބު ނޫން ކަމަށާއި، ނަމަވެސް އިނގިރޭސި އެންމެ ވަރުގަދަ ކުލަބޭ ބުނެވިދާނެ ކަމަށް، ވަޓްފޯޑުގެ ކޯޗް ހަވީ ގްރާސިއާ ބުނެފިއެވެ.

އަންނަ ހޮނިހިރު ދުވަހު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި، މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ވާދަކުރާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގްރާސިއާ ބުނީ، ސިޓީއަކީ ފާއިތުވި ދެއަހަރުގެ ލީގު ޗެމްޕިއަނުން ކަމަށާއި، ނަމަވެސް އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމް ނޫން ކަމަށެވެ
.
އަދި ސީޓީގެ ނަތީޖާތަކުން އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށާއި، ނަމަވެސް މިހާރު ސިޓީއަކީ އިހުތިރާމް ލިބިފައިވާ ބޮޑު ކުލަބެއް ކަމަށްވެސް އޭނާ ބުންނެވެ.

ގްރާސިއާ ބުނީ ލީގުގައި ސިޓީއާއި ދެކޮޅަށް ކުޅުނު ދެމެޗުންވެސް ވަޓްފޯޑް ބަލިވިކަމުގައި ވިޔަސް ފައިނަލް މެޗު ތަފާތުވާނެ ކަމަށާއި، ފައިނަލަށް ކޮންމެ ޓީމެއްވެސް ނިކުންނާއި މޮޅުވުމުގެ ރޫހުގައި ކަމަށެވެ.

އަދި ލީގުގައި ސިޓިއާއި ދެކޮޅަށް ކުޅުނު ދެމެޗުގައިވެސް ވަޓްފޯޑުން ދެއްކި މޮޅު ކުޅުން އެއީ، ފައިނަލް މެޗު ވަޓްފޯޑަށް ކާމިޔާބު ކުރެވިދާނެ ކަމުގެ ހެތްކެއް ކަމަށްވެސް އޭނާ ބުންނެވެ.

އޭނާބުނީ، މިސީޒަނަކީ މިހާރުވެސް ވަޓްފޯޑަށް ކާމިޔާބު ސީޒަނެއް ކަމަށާއި، ނަމަވެސް އެފްއޭކަޕް އުފުލާލާއި ތާރީޚުގެ ތެރެއަށް ވަދެލުމަކީ ލިބޭނެ އިތުރު ހިތްހަމަޖެހުމެއް ކަމަށެވެ.

މުބާރާތުގެ ފައިނަލަށް ވަޓްފޯޑުން ދަތުރުކުރީ ސެމީގައި ވޮލްވްސް 3-2އިން ބަލިކޮށްގެންނެވެ. ސިޓީ ފައިނަލުން ޖާގަހޯދީ 1-0އިން ބްރައިޓަން ބަލިކޮށްގެންނެވެ.