ޚަބަރު

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި


އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ހޯމް މިނިސްޓަރ މިނިސްޓަރ ޢިމްރާން ޢަބްދުﷲ، މިމަޤާމަށް އައްޔަންކުރައްވާފައިވަނީ ރ.ކަނދޮޅުދޫ ރިހިތަޅާގެ އަޙްމަދު މުޙައްމަދުފުޅުކަމަށް ހޯމް މިނިސްޓްރީން ހާމަކުރައްވައެވެ.

އަޙުމަދު މުޙައްމަދުފުޅު އެ މަޤާމަށް އައްޔަންކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި މުޙައްމަދު އިބްރާހީމް ދީދީ މަޤާމުން ސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އަޙްމަދު މުޙައްމަދުފުޅަކީ "ބެޗެލަރ އޮފް އަރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް" ހާޞިލްކުރެއްވުމަށްފަހު، "މާސްޓަރ އިން ސޯޝަލް ޕޮލިސީ" ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އެންމެފަހުން މަސައްކަތްކުރެއްވީ ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)ގެ މަޤާމުގައެވެ. އޭގެކުރިން މިނިސްޓްރީ އޮފް ޖެންޑަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައިވާ އަޙްމަދު މުޙައްމަދުފުޅަކީ ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަނުގެ މެމްބަރެއްވެސްމެއެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަސްޢޫލިއްޔަތަކީ މީހުން ބަންދުކުރާތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމެވެ.