ޚަބަރު

ޢަންހެން މީހާ ބަން ބަޔަކު ހޯދާ ފިޔަވަޅު އަޅާނަން - ޝިދާތާ



ށ. ފޭދޫގައި، ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް
ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލާގައި އެ ޢަމަލު ހިންގި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޢުމުރުން 50 އަހަރުގެ މި އަންހެންމީހާ ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލަ ފެންމަތިވީ އެ ފޮޓޯތައް ޝޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

ޢެމިހާ ހޮޅިދަނޑީގައި ބަނދެފައި ހުއްޓާ މޮހެލާ ދޫކޮށްލީ އެރަށު ބަޔަކަށް ފެނިގެންނެވެ. މި އަންހެން މިހާގެ 5 ކުދިން ތިބެއެވެ.އޭގެ ތެރެއިން ބައެއް ކުދިންނަކީވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ.


ޖެންޑަރ މިނިސްޓަރ ޝިދަތާ ވިދާޅުވީ ޢަންހެން މިހާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާކަމަށެވެ. ޢަދި އަންހެން މީހާއަށް ބަޔަކު އަނިޔާކޮށްފައިވަނީ އެ އަންހެން މީހާގެ ބަލި ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ އެ އަންހެން މީހާއަށް އަނިޔާކުރި ބަޔަކު ހޯދާ ފިޔަވަޅު އަޅާނެމަށްވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި މީހާ ފޮޓޯތައް އަާޢްމުވުމުން ބައެއް މީހުން ވަނީ އެކަން ކުށްވެރިކޮށް އެކަން ކުރި ބަޔަކު ހޯދާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.