ކުޅިވަރު

ރާއްޖޭގެ 23 އަހަރުން ދަށުގެ ވޮލީ ޓީމް އިޢުލާންކޮށްފި


އޭވީސީ ތޭވީސް އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމު ޢިއުލާން ކޮށްފިއެވެ.

ގައުމީ އަންހެން ތޭވީސް އަހަރުން ދަށުގެ ވޮލީބޯޅަ ޓީމް ޢިއުލާން ކުރީ އެކަމަށްޓަކައި ޚާއްސަކޮށްގެން ވޮލީބޯޅަ އެސޯސިއޭޝަންގައި ބޭއްވި ޚާއްސަ ހަފްލާއެއްގައިއެވެ. ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަޚުލޫފް ޝަރަފްވެރި ކޮށްދެއްވި މި ހަފްލާގައި ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންނަށް ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ލިއުން ހަވާލުކޮށްފައިއެވެ.
ވިއެޓްނާމްގައި ޖުލައި މަހު އޮންނަ މުބާރާތުގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫޕް ބީގައިއެވެ. މިގުރޫޕުގައި ރާއްޖެ އާއިއެކު ދެން ވާދަކުރަނީ، ތައިލޭންޑް، އަދި އޮސްޓްރޭލިއާގެ އިތުރުން ކޮރެއާއެވެ.

މުބާރާތުގައި ގްރޫޕް ސްޓޭޖު މެޗުތަކުގެ އިތުރުން ރޭންކިން މެޗުތަކާއިއެކު ރާއްޖެ ޓީމުން ފަސް މެޗު ކުޅޭނެއެވެ.
މިމުބާރާތުގައި ރާއްޖޭގެ ތޭވީސް އަހަރުން ދަށުގެ ޓީމު ވާދަކުރާނީ ހެޑްކޯޗް ހަސަން އަގްލީންގެ އިރުޝާދުގެ ދަށުން، އެސިސްޓަންޓް ކޯޗަކީ، ސޮފްވާން އަހުމަދުއެވެ.
4 ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތުގގައި 15 ގައުމަކުން ވާދަކުރެއެވެ.