ޚަބަރު

ޔޫއޭއީން ރާއްޖެއަށް 600 ކޭސް ކަދުރު ހަދިޔާކޮށްފި


މިއަހަރުގެ ރަމަޞާން މަހަށް ޚާއްސަކޯށްގެން ޔޫއޭއީން 600 ކަދުރު ކޭސް ހަދިޔާކޮށްފައިވާކަމަށް އިސްލާމިކް މިނިސްތްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ކަދުރުތައްވެސް ބެހުމަށް ހަމަޖެހިފައިވަނީ ސަޢުދީން ދިން ކަދުރު ބަހާ އުސޫލުންކަމަށެވެ. މިގޮތުން އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ކަދުރުބެހުމުގެ ކަންކަން ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރު ކަދުރު ބެހުމުގައި އިސްކަންދޭނީ އެންމެފުރަތަމަ ފަގީރުންނަށްކަމަށް އިސްލާމިކް މިނިސްޓްރީއިންވަނީ ވިދާލުވެފައެވެ. މިގޮތުން މާލޭގައި ކަދުރު ބެހުމަށް މިނިސްޓްރީން އަންގާފައިވަނީ މީހުން ދިރިއުޅޭ ގޭބީސީތަކުގެ ޢަދަދު ބެލުމަށްފަހު މިދިޔަ އަހަރު އެ މިނިސްޓްރީގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓްގެ އުސޫލުންނެވެ. އެގޮތުން ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަން ދީގެންނެވެ.

ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންދާނީ އިސްލާމިކް މިސްޓްރީއާއި މާލޭ ސިޓީ ކައުންސިލްތަކައި ރަށްރަށުގެ ރަށު ކައުންސިލުތަކުންނެވެ. ކަދުރު ދޫކުރާނީ ގޭބިސީގެ ސައްހަކަން އަންގައިދޭ ލިޔުމަކާއި، އައިޑީކާޑް ގެންދިއުމުންނެވެ. ރާއްޖެއަށް ކަދުރު ބެހުމަށްޓަކައި ސައުދީ ސަރުކާރުންވެސް ވަނީ 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. ރޯދައާދިމާކޮށް ސަޢުދީގެ އިތުރުން އިސްލާމީ ބައެއް ޤައުމުތަކުންވެސް ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.