ވިޔަފާރި

މާލެ އަތޮޅުގެ ތިން ފަޅެއްގައި ފްލޯޓިންގ އައިލެންޑް ތަރައްޤީކުރަނީ!


ރާއްޖޭގައި ފްލޯޓިންގ އައިލެންޑް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅުގެ ތިން ފަޅެއްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ނެދެލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލެންޑްސްއާއި އެކު މި މަޝްރޫއުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ، ދެހާސް ދިހަވަނަ އަހަރުއެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހެދި މަޝްރޫއުގެ އަމަލީ މަސައްކަތްތަށް އަދި ވަނީ ނުފެށިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހުސްވި ހަފްތާތެރޭގައި ވަނީ މި މަޝްރޫޢުއަށް ބައެއް ބަދަލުތަށް ގެނެސް ޑަޗް ޑޮކްލެންޑްސްއާއި އެކު އަލުން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙް ވިދާޅުވީ، މި މަޝްރޫއު ދެހާސް ތޭވީސްވަނަ އަހަރުގެ މޭމަހަށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

" މި ކޮންސެޕްޓަކީ ރާއްޖެއަށް މުޅިން އާ، އަދި ދުނިޔެއަށްވެސް އާ ކޮންސެޕްޓަކަށްވެގެންދާނެ، ރާއްޖޭގެ ފަތުރުވެރިކަމެއް ލިބިގެންދާނެ، މި މަޝްރޫއުގައި ގޮލްފް ކޯސްތަކެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި، " ޞާލިޙް ވިދާޅުވިއެވެ.

މި މަޝްރޫއާއި ގުޅޭ އިތުރު ތަފްސީލްތަށް ހިއްސާކުރަމުންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
ހުސްވި ހަފްތާތެރޭގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙެވެ. އަދި ޑަޗް ޑޮކްލެންޑްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕޯލް ވަން ޑެ ކަމްޕްއެވެ.