ޚަބަރު

އަންނަ ޖޫން މަހުގެ 5ވަނަ ދުވަހު ފަންނުވެރިންގެ ހަވީރެއް ބާއްވަނީ


އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހު ފަންނުވެރިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.މިނިވަން ފަންސާހާ ގުޅިގެން ސަރުކާރުން ހިންގަ ހަރަކާތްތަކާބެހޭގޮތުން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ސަލީމް ވިދާޅުވީ، ޖޫން މަހުގެ ފަސްވަނަ ދުވަހުގެ އިރުއޮއްސި ހައަކުން މެންދަމު ބާރައަށް ތަފާތު ހަރަކާތްތަކަކާއެކު ފަންނުވެރިންގެ ހަވީރެއް ބާއްވާނެ ކަމަށެވެ.އެ ހަރަކާތުގެ ތެރެއިން ސްކޫލްތަކުގެ ބްރާސް ބޭންޑް ތަކާއި ކުރީ ޒަމަނުގެ ހެދުންތަކުގެ އިތުރުން ފަންނާނުންގެ ހުނަރުތައް ފެނިގެންދާނެ ކަމަށާއި، ބައިސްކަލު ބުރެއްވެސް އެ ހަވީރުގެ ތެރެއިން ފެނިގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.