ސިޔާސީ

އަޑުގަދަކުރާ ވައްދާ މެންބަރުންގެ ކޮމިޓީ އެލަވަންސް %50 ކަނޑާލަނީ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަޑުގަދަކުރަން ބޭނުންކުރާ ތާޅަފިއްޔާއި، ރިޔާސަތަށް ހުރަސް އެޅޭފަދަ އެހެނިހެންވެސް ތަކެތި ވެއްދުން މަނާކޮށް މަޖިލީހުގެ ގަވާއިދަށް  އާންމު ކޮމިޓީން ގެނައި އިސްލާހު މިއަދު ފާސްކޮށްފިއެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެއިސްލާހް ފާސްވީ ވޯޓްގައި ބައިވެރިވި 43 މެންބަރުންގެ ވޯޓުންނެވެ.އެއިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ ރިޔާސަތުގެ ހުއްދައެއް ނެތި ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން މަޖިލީހުގެ ރިޔާސަތަށާއި އިދާރީ މޭޒަށް ހުރަސް އަޅާ މެމްބަރުންގެ ކޮމިޓީ އެލަވަންސްއިން ފަންސާސް ފަސް އިންސައްތަ އުނިކުރެވޭނެކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއަށް ހުރަސް އެޅޭފަދަ އަޑުގަދަ ކުރާއާއި، ދުންމާރި އަދި އެހެނިހެންވެސް އަޑުގަދަ ކުރާ ތަކެތި މަޖިލީހަށް ވައްދައި މަޖިލީހުގެ ޖަލްސާއަށް، ހުރަސްއަޅަފަރާތްތަކުގެ މަޖިލީހުގެ ދަތުރުތަކުގެ ގޮތުގައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަށް ހަމަސްދުވަސް ވަންދެން އެމެމްބަރުންނަށް ދިނުން މެދުކަނޑާލެވޭނެކަމަށެވެ.އާންމު ކޮމިޓީން ފާސްކުރި އެރިޕޯޓަށް ބަހުސްކޮށްފައިވަނީ ތިން މެމްބަރުންނެވެ.މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުން ވަނީ ތާޅަފިލި ފަދަ ތަކެތި ބޭނުންކޮށްގެން އަޑުގަދަކޮށްފައެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވިފަހުން ސޯޅަ ޖަލްސާއެއް ބާއްވާފައިވާއިރު، ހުރިހާ ޖަލްސާއެއްގައިވެސް އިދިކޮޅު އެމްޑީޕީ މެންބަރުން ގެންދަވަނީ ދުންމާރިތަކާއި އަޑުގަދަކުރާ ބޭނުންކޮށްގެން ރިޔާސަތަށާއި އިދާރީ މޭޒަށް ހުރަސްއަޅަމުންނެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީވެސް އާންމު ކޮމިޓީގެ ރިޕޯޓަށް ބަހުސްކޮށް ވޯޓަށް އެހުން އެކަންޏެވެ.