ސިޔާސީ

ޕީޕީއެމްގެ ދިއްގަރު ދާއިރާގެ ޕްރައިމަރީގެ ގުރުއަތުލުން ބާއްވައިފި


ދިއްގަރު ދާއިރާއަށް ޕީޕީއެމުން ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް އަންނަ ހުކުރު ދުވަހު ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ.ޕީޕީއެމް އޮފީހުގައި ބޭއްވި ގުރުއަތުލުމުގައި ކެނޑިޑޭޓް ނަމްބަރު އެކެއް ލިބިފައިވަނީ، މޫސާ ނަސީރަށެވެ. ކެނޑިޑޭޓް ނަމަބަރު ދޭއް އަހްމަދު ފާރިޝް މައުމޫނަށް ލިބުނުއިރު ކެނޑިޑޭޓް ނަމބަރު 3 ލިބިފައިވަނީ، އިމްރާން އިސްމާއީލަށެވެ. އަދި ކެނޑިޑޭޓް ނަމްބަރު ހަތަރެއް ލިބިފައިވަނީ، މުހައްމަދު ހާނިމްއަށެވެ.ޕާޓީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ޕްރައިމަރީއަށް ފަސް ފަރާތަކުން ކުރިމަތިލާފައިވީ ނަމަވެސް ނަން ތަރުތީބު ކުރުމުގެ ކުރިން އެއް ބޭފުޅަކު ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ.ނަން އަނބުރާ ގެންދަވާފައިވަނި، މޫސާ ނަސީރު އަހްމަދުއެވެ.ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ ހުކުރު ދުވަހުގެ މެންދުރު ދެއަކުން ހަވީރު ފަހަކަށެވެ.ދިއްގަރު ދާއިރާގައި ހިމެނެނީ ދިއްގަރުގެ އިތުރުން ރަތްމަންދޫއާއި، މަޑުއްވަރިއާއި، ވޭވަށާއި މުއްޔެވެ.ދިއްގަރުދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖޫން ހައެއްގައެވެ.