ޚަބަރު

މާލޭގައި ވެހިކަލް ލިމިޓް ކުރެވިދާނެބާ؟

އިތުރުވަމުންދާ މާލޭ ސިޓީގެ އާބާދީއާއެކު މާލެއަށް އެތެރެކުރާ ވެހިކަލްތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައިނެތްއިރު، މާލެއަށް އެތެރެކުރާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ޓްރާސްޕޯޓް މިނިސްޓްރީއާއި، ކަމާ ގުޅުންހުރި އިދާރާތަކުންވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މާލޭގައި ވެހިކަލް ގިނަވެ ތޮއްޖެހޭ ވާހަކައަކީ އަބަދުވެސް ދާއްކާ ވާހަކައެކެވެ. މިކަމަށް ހައްލެއް ގެނައުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން މަސައްކަތްކުރާ ވާހަކަ މީގެ ކުރިންވެސް އަޑުއިވިފައިވެއެވެ. ނަމަވެސް މިހާތަނަށް އައިއިރު މިކަމަށް އެކަށީގެންވާ ހައްލެއް ހޯދިފައިނެތްކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

މަގުތަކުގައި ތޮއްޖެހޭ ވެހިކަލްތައް މަދުކުރުމަށް ޕާކިންގ ޒޯންތައް އިތުރުކޮށް ތޮއްޖެހުން ކުޑަކޮށް ހިނގާބިގާވެ އުޅޭ މީހުންނަށް ދަތިނުވާނެހެން ހެދުމަށް ކަމާ ގުޅުންހުރި ފަރާތްތަކުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އުފެދޭ ސުވާލަކީ މިއީ މިކަމަށް އޮތް ހަމަ އެކަނި ހައްލުބާ؟ ޕާކިންގ އޭރިއާތައް އިތުރުކޮށް މަގުމަތި ތަރުތީބް ކުރުމަށް ޓެރެފިކް ފުލުހުންވެސް ނެރެވިދާނެއެވެ. މިހާތަނަށްވެސް އަމަލު ކުރަމުން އައީ މިގޮތަށެވެ. ނަމަވެސް މިއީ މިކަމަށް އޮތް އެކަށިގެންވާ ހައްލެއް ނޫންކަން ޤަބޫލުކުރަންޖެހެއެވެ. މިކަމާމެދު އާންމުންވެސް ވިސްނާލުން މުހިންމެވެ.

މި ކުޑަކުޑަ މާލޭގައި ދުއްވުމަށް ކޮންމެ ދުވަހަކު 35އާއި، 40އާއި ދެމެދުގެ އަދަދަކަށް ސައިކަލު ރަޖިސްޓްރީ ކުރާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ. މިއީ މަހަކަށް ބަލާނަމަ 700 އެއްހާ ސައިކަލެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މާލޭގައި 64،052 ސައިކަލު ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 4553 ކާރު ރެޖިސްޓަރީކޮށްފައިވާއިރު ޓްރަކުގެ ގޮތުގައި 3469 ވެހިކަލް ރެޖިސްޓްރީ ކޮށްފައިވައިވެއެވެ. މީގެ އިތުރުން އެހެނިހެން ހެވީ ވެހިކަލްގެ ގޮތުގައި 396 ވެހިކަލް މާލޭގައި ދުއްވުމަށް ރެޖިސްޓްރީ ކޮށްފައި ވެއެވެ.

ޖުމްލަކޮށް ބަލާނަމަ މާލޭގައި 80،000އާއި ގާތްކުރާ އަދަކަަށް ވެހިކަލް މިހާރުވެސް ރަޖިސްޓްރީކޮށް ބޭނުންކުރަމުންދެއެވެ.

އެހެންކަމުން އެއްވެސް ހިފެހެއްޓުމެއްނެތި ވެހިކަލް ރަޖިސްޓްރީކުރެވޭގޮތަށް އޮތް އޮތުމަކީ، މާލޭގައި ވެހިކަލްތައް ތޮއްޖެހޭ އެންމެ ބޮޑު އެއް ސަބަބުކަމަށް ބުނެވިދާނެއެވެ.

ޓްރާސްޕޯޓް މިނިސްޓްރީއާއި ސިޓީ ކައުންސިލް ގުޅިގެން މިކަން ޙައްލުކުރުމަށް، މަޝްވަރާތައް ކޮށް، މިކަން ހައްލު ކުރެވިދާނެ ގޮތުގެ ދިރާސާތަކެއް ކޮށްފައިވާއިރު އެންމެ މުހިންމު އަދި ބޮޑު ޙައްލެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ މާލޭގައި ރެޖިސްޓްރީކުރެވޭ ވެހިކަލްތައް ލިމިޓްކުރުމެވެ.

މިނިސްޓްރީއާއި، ސިޓީ ކައުންސިލާއި، ރައީސް އޮފީހާއި، ފުލުހުން ގުޅިގެންވަނީ މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށް، ވެހިކަލް ލިމިޓްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ހިޔާލުތަކެއް އެއްކޮށް ޕޭޕަރެއްވެސް ތައްޔާރުކޮށްފައެވެ.

މިކަމާއި ގުޅޭ މަޢުލޫމު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވިދާޅުވީ ހުށަހެޅި ޚިޔާލުތަކުގެ ތެރޭގައި، އަހަރެެއްގެ މައްޗައް ވަކި އަދަކަށް މާލޭގައި ވެހިކަލް ރެޖިސްޓްރީ ކުރެވޭގޮތް ހެދުމާއި، އެކަކުގެ ނަމުގައި އެއް ވެހިކަލަށްވުރެ ގިނަ ވެހިކަލް ރެޖިސްޓްރީ ނުކުރެވޭގޮތް ހެދުންފަދަ ކަންކަން ހިމެނޭކަމަށެވެ. އަދި ހަމައެކަނި 18 އަހަރުން މަތީގެ މީހުންގެ ނަމުގައި ވެހިކަލް ރެޖިސްޓްރީ ކުރެވޭގޮތް ހެދުން ހިމެނެއެވެ. މީގެއިތުރުން ވެހިކަލްތައް ބޭނުންކުރުމަށް ވަކި މުއްދަތެއް ކަނޑައެޅުމާ ގުޅޭގޮތުންވެސް ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށްފައިވާކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ، މިކަމާމެދު އިތުރަށް މަޝްވަރާކޮށް، ތިންމަހެއްހައި ދުވަހުގެ ތެރޭގައި، ވަކި އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާކަމަށެވެ.

ސްޓޭޓް މިނިސްޓަރ އާދިލް ވިދާޅުވީ މިކަމަކީ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށްވެސް ބަދަލުތަކެއް އަންނާނެކަމަށްވާތީ، އުސޫލެއް ހަދާއިރު، އެކަމަށްވެސް ވަރަށް ބޮޑަށް ވިސްނާނެކަމަށެވެ. އެހެންނަމަވެސް މި ބަދަލުތައް ގެނައުމުގައި އެންމެ ބޮޑު އިސްކަމެއްދެނީ އާއްމުންނަށް ދިވާވެފައިވާ ދަތިކަން ޙައްލުކޮށްދެއްވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގެ ބާރު ކުޑަކުރުމަށް ސިޓީ ކައުންސިލުން ދާދިފަހުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މާލޭގެ މަގުތަކުގައި ގިނަދުވަސްވެ ހަލާކުވެފައިހުރި ވެހިކަލްތައް ނެގުމާއި، ޕާކިންގ އޭރިއާތައް އިތުރުކުރުމާއި، ދުއްވާ މީހުން ޓްރެފިކް ޤަވާއިދަށް އަހުލުވެރިކޮށް، މަގުތައް ޤަވައިދާ އެއްގޮތަށް ބޭނުންކުރުމަށް އަހުލުވެރިކޮށްފައިވެއެވެ.