ޚަބަރު

އެފްއޭއެމުން ފުޓްބޯޅަ މެޑިސިން ކޯހެއް ފަށައިފި


ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އޭއެފްސީ ގުޅިގެން ފުޓްބޯޅަ މެޑިސިން ކޯހެއް ފަށައިފިއެވެ.

"އޭއެފްސީ ފުޓްބޯލަ މެޑިސިން ކޯސް" މި ނަމުގައި މިއަދު އެފްއޭއެމް ހައުސްގައި ފެށި މި ކޯހުގައި ފަންސަވީސް ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ކޯހާއި ގުޅޭގޮތުން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން އެފް.އޭ.އެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ، މި ކޯސް ކުރިޔަށްދާނީ މިއަދުން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަދި މި ކޯހުގައި ކިޔަވައިދެއްވަނީ މި ދާއިރާގެ ތަޖުރިބާކާރުން ކަމަށާއި މި ކޯސް ކުރިޔަށްގެންދިޔުމުގެ މަގްސަދަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިކަމާއި ގުޅޭ އިތުރުން މައުލޫމާތުތައް ފޯރު ކޮށްދިނުންކަމަށެވެ. އަދި މި ކޯހުގެ ސަބަބުން ބައިވެރިންނަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.