ޚަބަރު

ނޭޝަންސް ލީގު ފައިނަލްގައި ރޮނާލްޑޯ ކުޅޭނެ: ކޯޗު


ނޭޝަންސް ލީގު ފައިނަލްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

އުމުރުން މިހާރު 34 އަހަރުގެ ކެޕްޓަން ގައުމީ ޓީމަށް ކުޅުން ވަގުތީ ގޮތުން މެދުކަނޑާލީ ނިމިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. މި މުއްދަތުގައި މުހިންމު ހަ މެޗެއް ގެއްލުނުއިރު އޭނާ އަލުން ގައުމީ ޓީމަށް ކުޅެފައިވަނީ މިދިޔަ މަހު ދެ މެޗެކެވެ.

ކޯޗު ބުނީ ނޭޝަނަލްސް ލީގުގެ ސެމީ ފައިނަލްގައި ޖޫން ފަސް ވަނަ ދުވަހު ސްވިޒަލޭންޑާ ދެކޮޅަށް ކުޅެން ރޮނާލްޑޯ ތައްޔާރު ކަމަށެވެ. މި މެޗުން މޮޅުވެއްޖެނަމަ ފައިނަލްގައި ވާދަކުރަން ޖެހޭނީ ނެދަލޭންޑްސް ނުވަތަ އިންގްލޭންޑާ އެވެ.

ސަންޓޯސް ބުނީ ކޮލިފައިން މެޗުތަކުގައި ރޮނާލްޑޯ ނުކުޅުނު ސަބަބު ވަރަށް ސާފު ކަމަށާއި އޭނާގެ ހިދުމަތް ގައުމީ ޓީމަށް އަބަދުވެސް އެންމެ މުހިންމު ވަގުތު ލިބިގެންދާނެ ކަމަށެވެ.