ޚަބަރު

ޒާހިރު ނަސީރު މެމޯރިއަލް ކަޕް 2019ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ވޮލީބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމިކޮށްގެން ބާއްވާ ޒާހިރު ނަސީރު މެމޯރިއަލް ކަޕް 2019ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ، މާލޭ ބީޗްވޮލީ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި، ބީޗްވޮލީ ކުޅުމަށް ޝައުގުވެރިވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

މިހިނގާ މެއި މަހުގެ 15އިން، 24ގެ ނިޔަލަށް ބާއްވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެޖިންސުގެ ފަރާތްކަށްވެސް ހުޅުވާލައިގެންނެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުޝައަޅާ ފޯމާއި، މުބާރާތުގެ ޤަވާއިދު ވޮލީބޯޅަ އެސޯސިއޭޝަނިން ލިބެން ހުންނާނެ ކަމަށާއި، މިމަހުގެ 12ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން އެސޯސިއޭޝަނަށް ފޯމް ހުޝައެޅުއްވުމަށް އެސޯސިއޭޝަނުން އެދިފައިވެއެވެ.