ޚަބަރު

ސުގާ ކޯން އާއި ކިޔަވާ ސްޕޯޓްސް އިން މެޗް ކާމިޔާބުކޮށްފި


ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓެޕްބޯލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަށް ސުގާ ކޯން އާއި ކިޔަވާ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ.

މިމުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު އަވިއާ މޯލްޑިވްސް އާއި ވާދަކޮށް ސުގާކޯން އިން ކާމިޔާބުކުރީ 48 ލަނޑުގެ ތަފާތުންނެވެ.
މިމެޗުގެ ޓޮސް ދިމާވެގެން ސުގާކޯން އިން ނިންމީ ކުޅުމަށެވެ. އެގޮތުން އެޓީމުން ވަނީ 8 އޯވަރުގެ ތެރޭގައި ދެކުޅުންތެރިން ނުބައިވެގެން 120 ލަނޑު ހަދާފައެވެ.

ޖަވާބުގައި ކުޅެން އަރައި އަވިއާ ސްޕޯޓްސްއަށް 5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 77 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 3 ވިކެޓް ނެގި، ސުގާކޯންގެ އަހުމަދު އަކުރަމެވެ.

އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗު، ރިވާސް ބާބާ އާއި ވާދަކޮށް ކިޔަވާ ސްޕޯޓްސްއިން ކާމިޔާބުކުރީ 4 ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ރިވާސް ބާބާއިން ނިންމީ ކުޅުމަށެވެ. އެގޮތުން އެޓީމުން ވަނީ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 94 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ލަނޑު ހެދި ފަޒީންއެވެ.

ޖަވާބުގައި ކުޅެން އަރައި ކިޔަވާ ސްޕޯޓްސްއިން ވަނީ 8 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 95 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އުމީރެވެ. އޭނާވަނީ 11 ލަނޑު ހަދައި 2 ވިކެޓް ނަގާފައެވެ.

މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ގެރެވި އާއި އޭއާރްސީއެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ލީސާ ކާގޯ އާއި މެރީ ކޯނާރއެވެ. ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އޯޕަން ޓޭޕްބޯލް މުބާރާތުގައި ޖުމްލަ ބާރަ ޓީމު ވާދަކުރެއެވެ.