ޚަބަރު

އެންސްޕާގެ ހިދުމަތް މެދުކެނޑިފައި، އެމެޖެންސީގައި ގުޅުމަށް 7801402


ރޭ މޫކައި ސޫޓްސްގައި ހިނގި އަލިފާނުގެ ހާދިސާގައި އެންސްޕާގެ ސަރވާތަކަށް ގެއްލުން ލިބި ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

އެންސްޕާއިން ބުނީ ރޭގެ އަލިފާނުގެ ހާދިސާގައި އެ އެޖެންސީގެ ސާވާތައް ގެއްލުން ލިބިފައިވާކަމަށެވެ. އަދި އެތަނުން ދެމުން އަންނަ ބައެއް ހިދުމަތްތައް ހުއްޓިފައިވާކަމަށްވެސް އެންސްޕާއިން ބުނެއެވެ. އަދި ދިމާވީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެންސްޕާއިން ބުނެއެވެ.

އެންސްޕާގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާތީ މައްސަލަ ހައްލުވަންދެން އެއެޖެންސީ ގުޅަން ބޭނުންވާ ފަރާތްތަކުން 7801402 އަށް ގުޅަމުން ގެންދިޔުމަށްވެސް އެ އެޖެންސީ އެދެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަކީ އެންސްޕާ ހިންގަމުން އަންނަނީ މޫކައި ސޫޓްސްގެ 4 ވަނަ ފަންގިފިލާގައެވެ.

މޫކައިގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ބިލްޑިންގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ ކޯޕަރޭޝަނުން ބުނީ ދިމާވި މައްސަލަތައް ހައްލުކުރުމަށް މިއަދާއި މާދަމާ އެ ކޯޕަރޭޝަންގެ އޮފީސް ބަންދުވާނެކަމަށެވެ.