ޚަބަރު

ފުވައްމުލަކު ސިޓީގެ 2 އަވަށަކުން ރޭ ކަރަންޓް ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން


ފުވައްމުލަކު ސިޓީގައި ކަރަންޓް ދިނުމަށް ބޭނުންކުރާ ހައި ވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ބައެއް އަވަށުތަކުން 13 ގަޑިއިރަށް ކަރަންޓް ކެނޑިއްޖެއެވެ.

ފުވައްމުލަކު ދޫޑިގަމު އަވަށާއި މާލެގަން އަވަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ހައި ވޯލްޓޭޖް ކޭބަލަކަށް މައްސަލައެއް ދިމާވެ އެ ދެ އަވަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވަނީ ރޭ 20:15 ހާއިރުއެވެ.

މި މައްސަލަ ހައްލުކުރުމަށް ރެއިން ފެށިގެން ފުވައްމުލަކު ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ އޮފީހުގެ މުވައްޒަފުންނާއި އައްޑޫ ސިޓީގައި ހުންނަ އެ ކޯޕަރޭޝަނުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން މައްސަލަ ޖެހުނު ކޭބަލް ހޯދައި އެކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މައްސަލަ ޖެހުނު ކޭބަލް ބެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ކުރިޔަށް އޮއް ދެތިން ގަނޑި އިރުތެރޭ ކަރަންޓު ލިބިގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ފުވައްމުލަކު ސިޓީގެ ދޫޑިގަމު އަވަށަށް ކަރަންޓް ދޭން ބޭނުންކުރާ ހައި ވޯލްޓޭޖް ކޭބަލަށް ދިމާވި މައްސަލައާ ގުޅިގެން އެ ސިޓީގެ ބައެއް ސަރަހައްދުތަކުންވެސް ރޭގެ ބައެއް ވަގުތުތަކުގައި ކަރަންޓް ކެނޑިފައިވެއެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ދޫޑިގަން އަވަށާއި މާލެގަން އަވަށު ފިޔަވާ އެހެން އަވަށް ތަކަށް ވަނީ ކަރަންޓުގެ ހިދުމަތް ދޭން ފަށާފައެވެ.