ޚަބަރު

ކޯޗުން ތަމްރީން ކުރުމުގެ ދައިރާ ހަރުދަނާ ކުރަންޖެހޭ - ޝާޒްލީ


ކޯޗިން އުނގެނުމުގެ ދައިރާ ރަނގަޅަށް ކުރިއަށްގެންދާ ޤައުމުތަކުގައި ފުޓްބޯޅަ ވަރަށް ބާރަ ކުރިއަރަމުން އަންނަކަމަށް ރާއްޖޭގެ އެންމެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ނެގި ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ. އޭއެފްސީ ޕްލޯ ލައިސަންސަކީ މިހާރު ފުޓްބޯޅައިގައި ނެގޭނެ އެންމެ މަތީ ފާސްއެވެ. މިއީ ޔޫއެފާ ޕްރޯ ލައިސަންސާއި އެއްފެންވަރެއްގެ ލައިސަންސެކެވެ. ޝާޒްލީ ބުނީ އޭއެފްސީ ޕްރޯ ލައިސަންސް ނެގުމަށްފަހު ދެން އެންމެ ބޮޑަށް ބޭނުންވަނީ ރާއްޖޭގެ ކޯޗިން އެޑިއުކޭޝަންގެ ދާއިރާ މިހާރަށް ވުރެ ހަރުދަނާކޮށް ވީހާވެސް ގިނަ ކޯޗުންނަކީ އެންމެ މަތީ ފާސް އޮންނަ ކޯޗުންނަށް ހެދުންކަމަށެވެ. އޭއެފްސީ ޕްރޯ ލައިސަންސް ނަގަން އެކިއެކި ގައުމްތަކުގައި މަސައްކަތް ކުރިއިރު އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ފުޓްބޯޅަ އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމްތަކުގައި ކޯޗުން އެޑިޢުކޭޝަން ދާއިރާގެ ފުރިހަމަކަންކަމަށާއި، މިހާރު ފުޓްބޯޅަ ކުރިއަރަމުން އަންނަ ގައުތްތަކުގައިވެސް އެންމެ އިސްކަމެއް ދީގެން ކުރިއަރުވަމުން އަންނަނީ ކޯޗިން އެޑިޢުކޭޝަން ދާއިރާކަމަށެވެ.

"މިއީ ކޮންމެ ގައުމްއެއްގައިވެސް ވަރަށް މުހިންމުކަމެއް. މޮޅެތި ކޯޗުން ތިބޭ ގައުމްތަކުގައި އާންމުކޮށް ވަރަށް މޮޅެތި ކުޅުންތެރިން އުފެދިގެންދާނެ. އަދި މޮޅެތި ކޯޗުން ތިބޭ ގައުމްތަށް ވަރަށް އަވަހަށް ކުރިއަރައިގެންދާތަން ފެނިގެންދޭ. އޭއެފްސީ ޕްރޯ ލައިސަންސްއާއެކު އެންމެ ބޭނުންވަނީ ރާއްޖޭގައިވެސް މިފަދަ މޮޅެތި ކޯޗުންތަށް އިފެދިގެންދާތަން ބަލަން. މިއީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް މުހިންމުކަމެއް. ކޯޗިން އެޑިޢުކޭޝަން ދާއިރާ އެބަޖެހޭ ވަރަށް ވަރުގަދަ ކުރަން." ރާއްޖޭގެ އެންމެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗް މުހައްމަދު ޝާޒްލީ ބުނެޏެވެ.

ރާއްޖޭގައި މިހާރުވެސް ކޯޗިންގެ ކޯސްތަށް ކުރިއަށްގެންދިއުމުގެ ހުއްދަ ދެވިފައިވާ 18 އިންސްޓްރަކްޓަރުން އެބަތިބިއެވެ.