ޚަބަރު

ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް ހުޅުވައިފި


ސިންގަޕޫރުގެ މަޝްހޫރު ހޮޓެލް ޗެއިނެއްކަމަށްވާ އެކޯ ހޮޓެލްސްގެ އެންމެ އަގުބޮޑު ބްރޭންޑް- ރެފްލްސް ބުރޭންޑުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު "ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް" ހުޅުވައިފިއެވެ.

ގއ. މެރަދޫގައި "ޖުމައިރާ ދެވަނަފުށީ"ގެ ގޮތުގައި ކުރިން ހިންގަމުން އައި މި ރިސޯޓު ހުޅުވާފައިވަނީ "ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް" ގެ ނަމަށް ރީބްރޭންޑްކުރުމަށްފަހުއެވެ.

38 ކޮޓަރީގެ މި ރިސޯޓުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ސްޕާއަކާއި ރެފެލްސް ބްރޭންޑްގެ ޚާއްސަ ލޯންޖް ބާއެއް ހުރެއެވެ. މީގެ އިތުރުން، ފެންވަރު ރަނގަޅު ރެސްޓޯރެންޓުތަކާއި ކެފޭތަކާއި މޫދު ކުޅިވަރުގެ ޚިދުމަތްދޭ ސެންޓަރެއް ވެސް މި ރިސޯޓުގައި ޤާއިމްކޮށްފައިވެއެވެ.

ދުބާއީ ހޯލްޑިންސްއިން ޖުމެއިރާ ދެވަނަފުށީގެ ނަމުގައި ކުރިން ހިންގަމުން ދިޔަ މި ރިސޯޓު އަލުން ރީ-ބްރޭންޑްކޮށް، ރިސޯޓު ހިންގުމާއި އެކޯ ހޮޓެލްސްއިން ހަވާލުވެފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ބޮޑެތި ބަދަލުތަކެއް ގެނެސް ރިސޯޓު އަލުން ހުޅުވާފައިވަނީ 5 ތަރީގެ ރިސޯޓެއްގެ ގޮތުގައެވެ.