ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުނު އީރާނުގެ ބޯޓެއް އަތުލައިގެންފި


ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުނު އީރާނުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގެންފިއެވެ.

ފުލުހުންނާއި ކޯސްޓްގާޑު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯސްޓުގާޑުން މި ބޯޓު ހުއްޓުވާފައިވަނީ ބ.އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މި މައްސަލާގައި މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފައިވާއިރު މި ބޯޓު މާލެ ސަރަހައްދަށް ގެނެސް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މި ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، މިއީ މިސަރަޙައްދުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންގެންދާ ބޯޓެއްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.