ޚަބަރު

އެޕްރިލް މަހު ސްރީލަންކާއަށް ދިން ހަމަލާއަށްފަހު ދައުލަތުގެ ސްކޫލްތަކުގެ ކިޔެވުން ފައްޓައިފި


އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކަށްފަހު ފުރަތަމަ ފަހަރަށް، އެ ޤައުމުގެ ދައުލަތުން ހިންގާ ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފިއެވެ.

އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ ތިން ޗާރޗަކާ ހަތަރު ހޮޓަލަކަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާގައި ދުއިސައްތަ ފަންސާހަށް ވުރެ ގިނަ މީހުން މަރުވެ، ފަސްސަތޭކައެއްހާ މީހުން ޒަޚަމުވިއެވެ. ސްރީލަންކާގައި ދައުލަތުން ހިންގާ ސްކޫލުތަކުގެ މަތީ ގްރޭޑްތަކުގެ ކިޔެވުން މިއަދު ފެށި ނަމަވެސް ގިނަ ބެލެވެރިން އެމީހުންގެ ކުދިން ސްކޫލަށް ފޮނުވާފައިނުވާކަމަށް ރޮއިޓަރސްއިން ބުނެއެވެ.

ސްރީލަންކާގެ ސްކޫލެއްގެ އޮފިޝަލަކު ވިދާޅުވީ، މި ގްރޭޑްތަކުގައި ކިޔަވާ ހަ ހާސް ދަރިވަރުންގެ ތެރެއިން ހޯމަ ދުވަހު ސްކޫލަށް ގޮސްފައިވަނީ އެންމެ ހައެއް އިންސައްތަ ދަރިވަރުން ކަމަށެވެ. ދައުލަތުގެ ސްކޫލުތަކުގައި ކިޔެވުން ފަށާފައި ވަނީ ސްކޫލުތައް ހުންނަ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްފަހުގައެވެ.

ދައުލަތުގެ ސްކޫލުތަކުގައި ދަށު ގްރޭޑްތަކުގައި އުޅޭ ދަރިވަރުންނަށް ކިޔެވުން ފެށޭނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށް ރިޕޯޓްތައް ބުނޭ
ސްރީލަންކާގައި ހިންގާ އަމިއްލަ ސްކޫލުތަކުގެ ކިޔެވުން އަދި ނުފެށެއެވެ.