ވިޔަފާރި

ދިރާގުން ރޯދަމަހަށް ޙާއްސަކޮށްގެން 2 ޑޭޓާ ޕެކެއް ތަޢާރަފްކޮށްފި


ރޯދަ މަހަށް ހާއްސަކޮށް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ތަޢާރަފް ކޮށްފިއެވެ. ދިރާގުން ބުނީ މި 2 ޑޭޓާ ޕެކް ތަޢާރަފްކުރީ ރޯދަމަހަކީ ކަސްޓަމަރުން ޑޭޓާ އިތުރަށް ބޭނުން ކުރާ މަހަކަށްވާތީކަމަށެވެ. މި ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ 200 ރުފިޔާ އަށް 2.5 ޖީބީ ލިބޭ ޕެކާއި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކެކެވެ.

ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަކަށްވާތީވެ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުމަށް 1 ޖީބީ ވަނީ ހިމަނާފައިއެވެ. މީގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ.

ރޯދަމަހަށް ޙައްސަކޮށްގެން ދިރާގުން ތަޢާރަފްކުރި ޑޭޓާ ގަތުމަށް ކުރާ ހަރަދުގެ %10 ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ އެމްއޭޕީޑީއަށް ހަދިޔާކުރާނެކަމަށް ދިރާގުން ބުނެއެވެ.

ރަމަޟާންމަހާއި ދިމާކޮށް ދިރާގުންވަނީ "ދިރާގު ޕޭ" ގެ ޙާއްސަ ޕްރޮމޯޝަންތަކެއްވެސް ފަށާފައެވެ. އޭގެތެރޭގައި ދިރާގު ޕޭ މެދުވެރިކޮށް 150 ރުފިޔާ އަށް ވުރެ ގިނައިން ވިޔަފާރިކުރާ 25 ކަސްޓަމަރަށް 1 ކިލޯގެ ކަރައެއް ހިލޭ ލިބުމާއި، ދިރާގު ޕޭ މެދުވެރިކޮށް ދިރާގުން ކަނޑައަޅާފައިވާ ރެސްޓޯރަންޓްތަކުން ރޯދަވީއްލުމަށް ފައިސާ ދައްކާ ފަރާތްތަކަށް ޑިސްކައުންޓް ލިބުން ހިމެނެއެވެ. މީގެއިތުރުން ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއިއެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމްވެސް ދިރާގުން ވަނީ ހަމަޖައްސާފައެވެ.